މައްކާގެ ހެޔޮ އެދޭ ފަރާތަކުން ކޮއްކޮމެން ޕްރީ ސްކޫލްގެ ހުރިހާ ޓީޗަރުންނަށް ޢުމްރާގެ ދަތުރެއް ދެއްވައިފިއެވެ.

އެސުކޫލުން ބުނީ މި ދަތުރުގައި ޢުމްރާ ކުރުމުގެ އިތުރުން ތަރުބަވީ ޕްރޮގްރާމެއްގައި ބައިވެރިވުމާއި މަސްޖިދުއްނަބަވީ އަށް ޒިޔާރަތްކުރުމާއި އިސްލާމީ ތާރީޚާ ގުޅުން ހުރި ތަންތަނަށް ޒިޔާރަތްކުރުން ހިމެނޭކަމަށެވެ.

Ad
rt

މީގެ އިތުރުން ސައުދީ ޢަރަބިއްޔާގެ ސަރުކާރުން ދެ ޙަރަމްފުޅަށް ކުރައްވަމުން ގެންދަވާ ޚިދުމަތްތައް ބައްލައިލުންވެސް ހިމެނިފައިވާނެ ކަމަށް އެސުކޫލުން ބުންޏެވެ.

"މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅާއެކު މި ދަތުރު ކުރާ ގޮތައް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގައި ފުރަތަމަ ޓާމް ޗުއްޓީތެރޭގައެވެ."

އެސުކޫލުގެ ފޭސްބުކްޕޭޖުގައި ކުރިޕޯސްޓެއްގައި ބުނެފައިވެއެވެ.

މި ދަތުރުގެ އެންމެހާ ކަމެއް ބަލަހައްޓަވާނީ އިންތިޒާމްކުރާ ފަރާތުންކަމަށްވެސް އެސުކޫލުން ބުންޏެވެ.

މާލޭގައި ހިންގާ ކޮއްކޮމެން ޕްރީ ސްކޫލުން ދަނީ ރާއްޖޭގެ ކަންކޮޅުތަކުގައި ކައުންސިލްތަކާއި އަމިއްލަ ފަރާތްތަކުން ހިނގާ ޕްރީ ސްކޫލުތަކަށް ފަންނީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ޕްރީ ސްކޫލުތަކުގައި ކިޔަވައިދޭނެ ފޮތް ސެޓެއް ތައްޔާރު ކުރުމުގެ މަސައްކަތް ކޮއްކޮމެން ޕްރީ ސްކޫލުގެ ޓީމުން ވަނީ ޢިލްމު އިންސްޓިޓިއުޓްއާއި ގުޅިގެން ފަށާފައެވެ.