ރާއްޖޭގައި ހަރުކުރި އެންމެ ފުރަތަމަ ޓަޗްލެސް ލިފްޓު، އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ބަހައްޓައިފިއެވެ.
އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހަރުކޮށްފައިވަނީ އެ ކުންފުނިން ވިއްކަމުން އަންނަ ކޯނޭ ބްރޭންޑުގެ ޓަޗްލެސް ލިފްޓެކެވެ. ކޯނޭއަކީ ލިފްޓް އުފެއްދުމުގައި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑެކެވެ.
އެސްޓީއޯއިން ބުނި ގޮތުގައި ކޯނޭ ލިފްޓުގެ ޓަޗްލެސް ސިގްނަލައިޒޭޝަންގެ ސަބަބުން ފިތްތަކަށް ފިތަން އަތްލާން ޖެހޭ މިންވަރު މަދުވާއިރު، ލިފްޓަކީ ދެމެހެއްޓެނިވި އަދި ރައްކާތެރި އެއްޗަކަށް ވާނެ ކަމަށެވެ.
މި ލިފްޓް ބޭނުން ކުރަން ވަރަށް ފަސޭހަވާނެއެވެ. އެގޮތުން އެހެން ލިފްޓްތަކާ އެއްގޮތަށް ދާން ބޭނުންވާ ފްލޯއަކާ ދިމާލަށް އިނގިލި ކައިރި ކޮށްލުމުން އަމިއްލައަށް އެ ފްލޯއަކަށް ފިއްތާލެވޭނެއެވެ.
އެސްޓީއޯއަކީ ކޯނޭގެ ރާއްޖޭގެ އޮތޯރައިޒްޑް ޑިސްޓްރިބިއުޓަރެވެ. ފިންލޭންޑްގެ އުފެއްދުމެއް ކަމަށްވާ ކޯނޭގެ ޑިޒައިންތަކަށް ވަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ "ރެޑް ޑޮޓް ޑިޒައިން އެވޯޑް" އެކި ފަހަރު މަތިން ލިބިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!