''ޕެސްޓިސައިޑް'' އިން ތަޣައްޔަރުވެފައިވާ އައިސްކްރީމެއް ރާއްޖޭގައި ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

އެމްއެފްޑީއޭ އިން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނީ، ތަޣައްޔަރުވެފައިވާ ހުރި ފަރަންސޭސިވިލާތުގެ، "ހާގެންޑަޒް"، ''Haagen-Dazs'' ބްރޭންޑްގެ އައިސްކްރީމް ރާއްޖެ އެތެރެވެފައިވާކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ.

Ad
rt

އެ މައުލޫމާތު އެ އޮތޯރިޓީއާއި ހިއްސާކޮށްފައި ވަނީ ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިންނެވެ.

އެހެންވެ މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެފްޑީއޭ އިން ބުނެފަވެއެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އޮތޯރިޓީން ނޫސްބަޔާނުގައި މައުލޫމާތު ހިމަނާފައިވާ އައިސްކްރީމް ނުވިއްކުމަށާއި، ބޭނުން ނުކުރުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.

އެމްއެފްޑީއޭއިން ނޫސްބަޔާނުގައި ހިމަނާފައި ލިސްޓް:

އިތުރު މައުލޫމާތު ބޭނުންނަމަ އެ އޮތޯރިޓީގެ ފޯނު 3014361 އަށް ގުޅުމަށް އެ އޮތޯރިޓީން އެދިފަވެއެެވެ.