މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާލިބޭ ޓިކްޓޮކް ތަރި ހުނޭސާ އާދަމް ނަސީރު (ހުނޫ) ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

މާލޭގެ ގެއަކުން ހުނޫ އާއި އިތުރު ދެ ފިރިހެނުން ޑްރަގާ އެކު ހައްޔަރުކުރީ މިދިޔަ މާޗް މަހު އެވެ. އެ މައްސަލާގައި އެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށްފަހު މިދިޔަ މަހު ކްރިމިނަލް ކޯޓުން ހުނޫ ބަންދުން ދޫކޮށްލީ ޝަރުތުތަކާ އެކު އެވެ.

Ad
rt

އެ މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

އެ މައްސަލާގައި ބައި ކިލޯއަށް ވުރެ ގިނަ ޑްރަގް ފުލުހުން ހޯދިއިރު، ހުނޫގެ މައްޗަށް ކުރާ ދެ ދައުވާ ސާބިތުވެއްޖެ ނަމަ މަދުވެގެން 50 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ހުނޫއަކީ ޓިކްޓޮކްގެ އިތުރުން ބައެއް ފިލްމުތަކުން ވެސް ފެނިފައިވާ މީހެކެވެ.