ދިރާސީ އާ އަހަރާ ގުޅުވައިގެން އެސްޓީއޯއިން ކުރިއަށްގެންދާ “ބެކް ޓު ސްކޫލް” ޕްރޮމޯޝަން މިއަދު ފަށައިފިއެވެ.
މި ޕްރޮމޯޝަން މި މަހުގެ ނިޔަލަށް އެސްޓީއޯ ޕީޕަލް ޗޮއިސްގެ އިތުރުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައި ކުރިއަށްދާނެއެވެ. މި ޕްރޮމޯޝަންގެ ދަށުން ކިޔަވާ ކުދިން އަދި އާންމުންގެ ތެރޭގައި މަގުބޫލު ޑެވޮންޑޭލް ކިރުގެ އިތުރުން މި ޕްރޮމޯޝަންގެ ތެރޭގައި އެސްޓީއޯއިން އިމްޕޯޓްކޮށް ވިއްކާ ހެޕީ ކައު ޗީޒް އަދި އައިވީ ކިރު ގަނެގެން ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.
ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް ޑެވޮންޑޭލް، ހެޕީ ކައު ޗީޒް، އަދި އައިވީ ކިރު ގަންނަ ފަރާތްތަކަށް ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ޕްރޮމޯޝަން ނިމުމުން ރީޓެއިލް ތިން ނަސީބުވެރިން އަދި ހޯލްސޭލް ތިން ނަސީބުވެރިން ހޮވައި އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅައިފައެވެ.
ރީޓެއިލްގެ ނަސީބުވެރިންނަށް ކަނޑައަޅާފައިވާ އިނާމުތައް:
* އެއްވަނަ އިނާމު: 5000 ރުފިޔާގެ ޕީކަބޫ ގިފްޓު ވައުޗާ
* ދެވަނަ އިނާމު: 2500 ރުފިޔާގެ ޕީކަބޫ ގިފްޓު ވައުޗާ
* ތިންވަނަ އިނާމު: 1500 ރުފިޔާގެ އަސްރަފީ ބުކްޝޮޕް ގިފްޓް ވައުޗާ
ހޯލްސޭލް ނަސީބުވެރިންނަށް ކަނޑައަޅާފައިވާ އިނާމުތައް:
* އެއްވަނަ އިނާމު: 327 ލީޓަރުގެ ޗެސްޓް ފްރީޒާ
* ދެވަނަ އިނާމު: ރަސަލް ހޮބްސެގެ ފެންކައްކާ ޖަގަކާއި މައިކްރޯވޭވް އަވަނަކާއި ޕްރެޝަރު ކުކަރެއް
* ތިންވަނަ އިނާމު: ރަސަލް ހޮބްސެގެ ފެންކައްކާ ޖަގަކާއި މައިކްރޯވޭވް އަވަނެއް
އެސްޓީއޯއިން ބުނީ، ރީޓެއިލް ކަސްޓަމަރުންގެ ތެރެއިން ޑެވޮންޑޭލް އެއް ލީޓަރު ކިރު ޕެކެޓް އަދި ގަންނަ ކޮންމެ ހިކި ކިރު ޕެކެޓަކަށް ޑެވޮންޑޭލް ލޯގޯ ޖެހި ތައްޓެއް ލިބޭނެ ކަމަށެވެ. ނަމަވެސް މި ތައްޓަކީ ލިމިޓެޑް އެޑިޝަން ތައްޓެއްކަމުން، އޭތި ދޭނީ ސްޓޮކް ހުސްވަންދެން ކަމަށް އެ ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!