އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމަށް ދޭން އެ ކޯލިޝަނުން ނިންމި ޚަބަރު ނޫސްތަކުގައި ލިޔުމުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ފާޑުވިދާޅުވެއްޖެއެވެ.

އެކަން އިއުލާން ކުރެއްވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ކުރެއްވި ޓުވީޓެއްގަ އެވެ. އެ ޚަބަރު ނޫސްތަކުން ރޭގައި ވަނީ ގެނެސް ދީފައެވެ.

Ad
rt

އެކަމަށް ފާޑުވިދާޅުވެ އިކްރާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީނަށް އިދިކޮޅުގެ ރިޔާސީ ޓިކެޓް ދޭން ނިންމި ޚަބަރު ހުރިހާ ނޫސްތަކެއްގައި ޖަހާފައިވާ ކަމަށެވެ. އަދި އެއީ ޚަބަރެއްތޯ ސުވާލު ކުރަށްވާފަވެއެވެ.

''އަވަސްއަރައިގަނެގެން ބަޔަކު ވާހަކަތަކެއް ދައްކަންއުޅޭ ކަހަލަ" އިކްރާމް ވިދާޅުވެފަވެއެވެ.

ރައީސް ޔާމީނަށް އިދިކޮޅުގެ ރިޔާސީ ޓިކެޓް ދޭން އިދިކޮޅު ކޯލިޝަނުން ނިންމި ޚަބަރު ނޫސްތަކުންގެނެސްދީގެން އިކްރާމް ފާޑުވިދާޅުވިއިރު، ބޯމަތިވެފައިވާ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ މުޅި ރައްޔިތުންގެ ސަމާލުކަން މިހާރު ހުއްޓިފައިވާ އެންމެ ބޮޑު އެއް ކަންތައްކަމަށްވެފައި، މި އިންތިޚާބުގައި އިދިކޮޅު ކޯލިޝަންގެ ޓިކެޓާއިމެދު އިދިކޮޅުގެ ނިންމުން އަންނާނެ ގޮތަކާމެދު ވެސް ގިނަ ބަޔެއްގެ ސަމާލުކަން އޮތީ ހުއްޓިފައެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނެނީ ޕީޕީއެމާއި ޕީއެންސީއެވެ. މިތަނުން ޕީޕީއެމްއަކީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުންކުރެ މެންބަރުންގެ އަދަދު ވެސް ދެވަނައަށް އެންމެ ގިނަ ޕާޓީއެވެ.