އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމަށް ދޭން އެ ކޯލިޝަނުން ނިންމައިފި އެވެ.

އެކަން އިއުލާން ކުރެއްވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ކުރެއްވި ޓުވީޓެއްގަ އެވެ.

Ad
rt

ރައީސް ޔާމީން އެކަން ގަބޫލުކުރައްވާފައިވާ ކަމަށް ވެސް އަދުރޭ ވިދާޅުވެފަވެއެވެ.

‘މަރުހަބާ! ރައީސް ޔާމީން،" އެ ޓުވީޓްގައި އަބްދުއްރަހީމް ވިދާޅުވިވެފަވެއެވެ.

އިދިކޮޅު ރިޔާސީ ޓިކެޓް ޔާމީނަށް ދޭން ނިންމި އިރު އެމަނިކުފާނުގެ މައްޗަށް އުފުލާފަައިވާ ބައެއް ދަޢުވާތަކުގެ ޝަރީޢަތް މިހާރު ވެސް ކުރިއަށް އެބަދެއެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނައިރު އިދިކޮޅު ކޯލިޝަނުން ބުނެފައި ވަނީ މި ސަރުކާރުގައި ބައިބެރިވި އެއްވެސް ބަޔަކާ އަންނަ ރިޔާސީ އިންތިޚާބުގަައި ކޯލިޝަން ނަހަދާނެ ކަމަށެެވެ.