އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އަިޖީއެމްއެޗް)ގެ ނަރުހުން އެކި ޑިޕާޓްމަންޓްތަކަށް ބަދަލުކުރުމަށް ނިންމާފައިވާ ނިންމުމާއި، އެ ހޮސްޕިޓަލްގެ އިމާޖެންސީ ޑިޕާޓުމަންޓުގައި މަސައްކަތްކުރާ ނަރުހުން ހުށަހަޅާފައިވާ ޕެޓިޝަނާއި އެއްވެސް ގުޅުމެއްނެތްކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުގެ ނަރުހުން އެކި ވޯޑުތަކަށް ބަދަލުކުރުމާއި، އެ ހޮސްޕިޓަލްގެ ޑިޕާޓްމަންޓެއްގެ ނަރުހުން ހުށަހަޅާފައިވާ ޕެޓިޝަނަކާއި ގުޅުވައިގެން ބައެއް މީޑިއާތަކުން ފަތުރާ ޚަބަރަކީ ސައްހަ ޚަބަރެއް ނޫންކަމަށެވެ.

Ad
rt

މި ދުވަސްވަރު އެ ހޮސްޕިޓަލްގެ ނަރުހުން އެކި ޕާޓްމަންޓުތަކަށް ބަދަލުކުރުމަށް ނިންމާފައި ނިންމުމަކީ އެ ހޮސްޕިޓަލްގެ އިމާޖެންސީ ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ނަރުހުން ހުށަހަޅާފައިވާ ޕެޓިޝަނާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫންކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

"މި ޕެޓިޝަންގައި ސޮއިކުރި ނަރުހުންނަށް އެކި ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި، އެކި ޑިޕޓްމަންޓުތަކަށް ބަދަލުކުރަން ނިންމާފައިވާކަމަށް ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމުގައިވެސް ދަންނަވަމެވެ." އެ ނޫސްބަޔާނުގައި ބުނެފަވެއެވެ.

އައިޖީއެމްއެޗުން ބުނީ އެ ޕެޓިޝަނާއި ގުޅިގެން ދިވެހި ސިވިލް ސަރވިސް ޤަވާއިދުގައިވާ ފަދައިން އެމައްސަލަ ތަހުގީގުކޮށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް އެ ހޮސްޕިޓަލުން މިހާރު ފުރިހަމަ ކުރަމުންއަންނަކަމަށެވެ.