ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ސާބިތު ލީޑަރޝިޕްއަށް، އެމްޑީޕީ އެމްޕީއެއްގެ ހައިސިއްޔަތުން ފަހުރުވެރިވާކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެތެރޭގައި ވަރަށް ބޮޑަށް ކޯޅުން ބޮޑުވެފައިވަނިކޮން މެންބަރު އިކްރާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އުދަގޫ ހާލަތުގާވެސް މިއަދުގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހަމަޖެހުން ދެމެހެއްޓުމަށް ކެތްތެރި ކަމާއި އެކު އެދެއްވާ އިސްކަމުން ދައްކުވައިދެނީ ގިނަ އަހަރު ތަކެއްގެ ސިޔާސީ ރަނގަޅު ތަޖުރިބާކަމުގަ އެވެ.

Ad
rt

ވެރިކަން ކުރާ އެމްޑީޕީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ރައީސް ޞާލިޙްގެ ފެކްޝަންގެ ކޯޅުން ބޮޑުވެފައިވާއިރު މެންބަރު އިކްރާމް ފެށުނީންސުރެއް ފެނިގެން ގޮސްފައިވަނީ ރައީސް ޞާލިޙްގެ ފަޅީގައި ވަރަށް ފާޅުގައި ހަރަކާތްތެރިވާ މެންބަރެއްގެ ގޮތުގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތު ދިފާއުކޮށް ރައީސް ސޯލިޙް ފެކްޝަންގެ ގިނަ މެންބަރުން އަންނަނީ އަޑު އުފުލަމުންނެވެ.

ރައީސް ނަޝީދުއަށް ވަފާތެރި މެންބަރުން ނާއި ރައީސް ޞާލިޙްގެ މެންބަރުނގެ މެދުގައި ކޯޅުން ބޮޑުވެފައިވާއިރު އާންމުންވެސް އަންނަނީ މިކަންކަމަށް ފާޑު ކިޔަމުންނެވެ.