ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުވަނީ ގަދަވެފައިކަމަށް މުސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.

މެޓް އޮފީހުން ވިދާޅުވީ، ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި އެކު ކުރިއަށް އޮތް 3 ދުވަހު ރާޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުރުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

Ad
rt

މިވިއްސާރައިގައި ޚާއްސަކޮށް މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވުމާއެކު ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށް ބުންޏެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ދަންނަވާފައިވެއެވެ.

މީގެ އިތުރުން ގަދަވަޔާއި އެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެފާނެ ނުރައްކާ ތަކުން ސަލާމަރްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅޫ އެޅުމަށް ދަންނަވާފައިވެއެވެ.