އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު 2012 ވަނަ އަހަރު އިސްތިއުފާދެއްވުމަށްފަހު، ރައީސް ނަޝީދު އުފެއްދި ދޮގު ވާހަކަތައް ގަބޫލުކޮށް، ވެރިކަމާއި ހަވާލުވި އެއިރުގެ ނައިބް ރައީސް ޑރ މުޙައްމަދު ވަހީދު ހަސަން މަކިކު އަށް ފުރައްސާރަކުރި އެންމެހާ ފަރާތްތަކަށް މަޢާފުކުރާކަމުގައި ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް ފަހު އުފެއްދެވި ދޮގު ވާހަކަތައް ގަބޫލުކޮށް އަޅުގަނޑާއި އާއިލާ އަށް އަނިޔާވެރި ބަސްތަކާ އަމަލުން ރައްދު ދެއްވި ހުރިހާ ފަރާތަކަށް މަޢާފު ދޭކަމަށެވެ.

Ad
rt

"އަޅުގަނޑުގެ ރައީސް ކަމުގައި އެއްވެސް ފަރާތަކަށް ނުހައްޤުން އަނިޔާ އެއް ލިބުނު ނަމަ މާޢާފު ކުރެއްވުން އެދެމެވެ."

ޑރ ވަހީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައިވެއެވެ.

ޑރ ވަހީދު މިމޭރުމުން ޓުވިޓު ކުރެއްވީ، އެމަނިކުފާނު ޓެގު ކުރައްވާ މީހަކު ކުރެއްވި ޓުވިޓަކަށް ރައްދު ދެއްވަމުންނެވެ. އެޓުވިޓުގައި ވަނީ، އޭރު ބާގީ އަށް ގޮވީތީ މާފުކޮށްދެއްވުން އެދޭކަމަށެވެ. މިއަދު މުޙަައްމަދު ނަޝީދު ގެ ފެންވަރު ވިސްނޭކަމަށެވެ.

"މިއަދު އަޅުގަނޑަށް އިޙްސާސްވޭ ޑރ. ވަހީދު އަށް މިކަހަލަ ކޮންޓްރޯލް އިން ނެއްޓިފައި ހުރި މީހަކާ އެކީ ވެރިކަން ކުރަން ވާނެ އުނދަގޫ. ޑރ. ވަހީދު އަޅުގަނޑަށް މަޢާފު ކޮށްދެއްވާ އަޅުގަނޑު އޭރު މަނިކުފާނަށް ބާގީ އަށް ގޮވީތީ. މިއަދު އެބަ ވިސްނޭ މި ކިޔާ މުޙަައްމަދު ނަޝީދު ގެ ފެންވަރު."

ޑރ. ވަހީދާއި ނަޝީދު ޓެގްކުރައްވާ ކުރި ޓުވިޓުގައި ވެއެވެ.

ސިޔާސީ މަސްރަޙް ހަލަބޮލިވެ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހު ޖެހިގެން އައި ދުވަހު ވިދާޅުވީ އިސްތިއުފާ ދެއްވީ ބޮލުގައި ބަޑިޖައްސައިގެން ކަމަށެވެ. އޭގެ ފަހުން ވަނީ ނައިބު ރައީސް ކަމުގައި ހުންނަވައިގެން ޑރ. ވަހީދު ބަގާވާތް ކުރެއްވީކަމަށް ވިދާޅުވެފައެވެ.

ޑރ. ވަހީދަކީ ބާޣީއެއްކަމަށް ސިފަކޮށް، ވަރަށް ހުތުރު ބަސްތައް އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާއަށް ރައްދުކޮށް ގިނަ ދުވަސްތަކެއް ވަންދެން އެމަނިކުފާނާ ދިމާކޮށް ފުރައްސާރަކުރި އެވެ.

އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހުންނެވީ ކޮންޓުރޯލުން ނެއްޓިފައިކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު ވެސް ރޭވަނީ ވިދާޅުވެފައެވެ.

ފައްޔާޒު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައި ހިނގި ޒުވާބެއްގެ ތެރެއިން ރައީސް ނަޝީދަށް ރައްދުދެއްވަމުންނެވެ. އެ ގުރޫޕަށް ރޭ ކުރެއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ އެންމެ އިސްވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަންހެންކުއްޖަކާ ޒިނޭ ކުރާ މަންޒަރު ފެންނަ 4 ފޮޓޯ އެމަނިކުފާނަށް މީހަކު ފޮނުވާފައިވާ ކަމަށެވެ.

ރައީސް ނަޝީދަށް ފައްޔާޒު ރައްދުދެއްވުމުން ވަރަށް ބޮޑަށް ކޯފާވެ ރައީސް ނަޝީދުވަނީ ފައްޔާޒަށް ރައްދުދެއްވައިފައެވެ. އެ ރައްދުގައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ތުހުމަތުތަކަކީ އަސާސެއް ނެތް ތުހުމަތުތަކެއްތޯ ބައްލަވަން ފައްޔާޒު ބޭނުންފުޅުވޭތޯއެވެ. "ފަޔާ، ފެންނަނީ ފަޔާގެ ފެންވަރުން ކަންކަމާ ބެހެން. އަޅުގަނޑަށް ނަސޭހަތް ދޭކަަށް ފަޔާއަކަށް ނުޖެހޭނެ،" ފައްޔާޒަށް ރައްދުދެއްވައި ރައީސް ނަޝީދު ވިދާޅުވިއެވެ