މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަޅަަމުންދާ ޕިކްނިލް އައިލެންޑް ހުޅުވުން ފަސްކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ މިކަން ''ތިލަދުން'' އަށް ކަށަވަރު ކޮށްދީފައެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ހުޅުވުން ފަސް ކުރީ ބައެއް މަސައްކަތްތައް ނުނިމި ހުރުމުން ކަމަށެވެ.

Ad
rt

ލަސްކުރިކަމަށް ބުނި ނަމަވެސް އެތަން ހުޅުވާނެ ތާރީހެއް ނުބުނެއެވެ.

ކުރިން ތާވަލު ކޮށްފައި އޮތްގޮތުން އެ ރަށުގެ މަސައްކަތް ނިންމައި މާދަމާ ހުޅުވާނެއެވެ.

މިނިވަން ދުވަހަށް ކުޑަގިރި ހުޅުވަން ތާވަލު ކުރުމުން އެ ތަނުގެ މަސައްކަތް ކުރަމުންދާ ކުންފުނިތަކުން ވަނީ އެ މަސައްކަތް ނިންމުމަށް ރެއާ ދުވާލު މަސައްކަތް ކޮށްފައެވެ. މި މަސައްކަތް ހަވާލު ކޮށްފައިވަނީ އަމިއްލަ ކުންފުންޏަކާ ނަމަވެސް ބައެއް މަސައްކަތްތައް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިޖުތިމާއީ ޒިންމާގެ ދަށުންވެސް އަންނީ ކުރަމުންނެވެ.

މި ރަށުގައި ދަތުރުދާ މީހުންނަށް ބޭނުންވާނެ ހުރިހާ ހިދުމަތެއް ލިބެން ހުންނާނެއެވެ. އަދި މިއީ ހިތްގައިމު ތަނަަކަށްވާނެ ކަމަށްވެސް ސަރުކާރުން ބުނެއެވެ

މާލޭގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދާން ރަށެއް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެެވެ.