ޔޯގާ މައްސަލާގައި ހައްޔަރުކުރި ޝައިހް ފަޒްލޫން މުހައްމަދު ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ޔޯގާއާ ދެކޮޅަށް މިދިޔަ މަހު ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ފަޒްލޫނާއި ޝޭހް އާދަމް ނިޝާންގެ ތެރެއިން ފަޒްލޫން މިދިޔަ ހަފުތާގައި ބަންދުން ދޫކޮށްލީ ކްރިމިނަލް ކޯޓުގެ އަމުރަކަށެވެ.
އެ ނިންމުން އިސްތިއުނާފްކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅީ މިއަދެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް އަދި ނުނިންމަ އެވެ.
ފަޒްލޫން ބަންދުކުރި މައްސަލަ ވެސް އޭނާގެ ފަރާތުން އޮތީ އިސްތިއުނާފްކޮށްފަ އެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ގިނަ މީހުން ދޫކޮށްލިޔަސް، ޝޭހް ނިޝާން ދުލެއް ނުކުރެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!