މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އަދި ފުޅަނދުބު ނޯންނާނެކަމަށާއި ނަމަވެސް މިނިވަން ދުވަހު ދިދަނެގުމުގެ ރަސްމިއްޔާތު އޮންނާނެ ހޯމް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީއިން ވިދާޅުވީ، އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް، މިނިވަންދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނެކަމަށެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނީ 26 ޖުލައިވާ އަންގާރަ ދުވަހުގެ ހެނދުނު 06:00 ގައި ޖުމްހޫރީ މައިދާނުގައެވެ.
ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު ނުބާއްވާ ގޮތަށް ނިންމާފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މިއަހަރު ފުޅަނދުބުރުގެ ހަރަކާތް ކުރިއަށްގެންދިއުމަށް ކުރިން ނިންމި އެވެ. ހަރަދު ކުޑަކުރުމަށް އެ ހަރަކާތްވެސް ފަހުން ވަނީ ނުބޭއްވުމަށް ނިންމާފައެވެ.
މިނިވަން ދުވަހާއި ގުޅިގެން ބާއްވަމުން އަންނަ ފުޅަނދު ބުރު ހަރަކާތަކީ އެކިއެކި ކުންފުނިތައް ބައިވެރިވެގެން ހިންގާ ބޮޑު ހަރަކާތެކެވެ. ފުޅަނދުބުރު އެންމެ ފަހުން ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ.
މިނިވަންދުވަސް ފާހަގަކުރުމަށް ޤައުމީ ދިފާއީ ބާރުން ވަނީ ޕެރޭޑެއް ބޭއްވުމަށް ނިންމާފައެވެ. މިއީ
މިނިވަން ދުވަސް ފާހަގަކުރުމާއި ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ޕެރޭޑް ކުރިއަށް ދާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!