ހިޓާޗީގެ ޕްރޮޑަކްޓެއް ބޭނުން ކުރާ ފޮޓޯއެއް ހިއްސާކޮށްގެން އިނާމެއް ހޯދުމުގެ ފުރުސަތު އެސްޓީއޯއިން ހުޅުވާލައިފިއެވެ.
މިއީ އެސްޓީއޯގެ ހަމަ ހިޓާޗީ 2022 ކެމްޕޭނުގެ ދަށުން ފެށި ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގެ ދަށުން 28 ޖުލައިގެ މެންދުރު 2:00 އާ ހަމައަށް ފޮޓޯ ހިއްސާ ކުރެވޭނެއެވެ.
ހިޓާޗީ ބްރޭންޑުގެ އުފެއްދުމެއް ބޭނުން ކުރަނިކޮށް ނަގާފައިވާ ފޮޓޯއެއް ފޭސްބުކްގައި ނުވަތަ އިންސްޓަގްރާމުގައި ނުވަތަ ޓްވިޓާގައި ހިއްސާ ކުރުމުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވާން ފޮޓޯ އާއްމު ކުރާއިރު ހަމަ ހިޓާޗީ ހޭޝްޓެގްގެ ގޮތުގައި ބޭނުންކޮށް، އެސްޓީއޯ ޓެގް ކުރަން ޖެހޭނެއެވެ.
އެސްޓީއޯ އިން ވިއްކާ ހިޓާޗީގެ އުފެއްދުންތަކަކީ ދުނިޔޭގެ އެންމެ މަގުބޫލު އުފެއްދުންތަކެވެ. މީގެ ތެރޭގައި ގެއަށް ބޭނުންވާ ސާމާނާއި ރީތިވާން ބޭނުންވާ އިލެކްޓްރޯނިކް ސާމާނު ވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!