ގްރޭޓާ މާލެ ސަރަހައްދުގައި ހިންގާ އެންމެ ބޮޑު ގެސްޓް ހައުސް ކަމަށްވާ "ދިމްޔާތު ސްޓޭ"އަކީ ޗުއްޓީ ހޭދަކޮށްލައި، އެކި ބޭނުންތަކުގައި މާލޭގައި މަޑުކޮށްލަން އެންމެ ރަނގަޅު ޗޮއިސްއެވެ.
އެ ގެސްޓްހައުސްއިން ހިދުމަތް ފޯރުކޮށްދޭ ފުރިހަމަކަމާއި، ރޫމްތައް އަތްފޯރާ އަގުގައި ލިބެން ހުރުމަކީ އެކި ބޭނުންތަކުގައި މާލެއަށް ދަތުރުކުރާ މީހުންނަށް އެ ގެސްޓް ހައުސް ހާއްސަވާ އެއް ސަބަބެވެ.
އެކި ކެޓެގަރީތަކުގެ ކޮޓަރިތައް ހިމެނޭ މި ގެސްޓްހައުސްއަކީ މިހާރުވެސް ދިވެހިންގެ މެދުގައި މަގްބޫލުތަނެކެވެ. މިހާރު 55 ރޫމް ހުންނަ، ބެޑް ކެޕޭސިޓީގެ ގޮތުން ބަލާނަމަ 110 އެނދުގެ މި ގެސްޓް ހައުސްއަކީ މާލެ ސަރަހައްދުގެ އެންމެ ބޮޑު ގެސްޓް ހައުސްއެވެ.
މި ގެސްޓް ހައުސްއިން ވަނީ ދިވެހިންނަށް ހާއްސަ އަގުތަކެއް ވެސް ހަމަޖައްސާފައެވެ. މިގޮތުން ދިވެހިންނަށް ރޫމް ދޫކުރުމަށް 550 - 825 ރުފިޔާއާއި ދެމެދުގެ އަގުތަކެއް (ދުވާލަކަށް) ވަނީ ހަމަޖައްސާފައެވެ. އަދި ޢާއިލާތަކަށް ޚާއްސަ ކައްކާ ކެވޭ ގޮތައް ހުންނަ އެޕާޓްމަންޓް ދުވާލަކަށް 1500 ރުފިޔާއަށް ދޫކުރެއެވެ.

މީގެ އިތުރުން ހެނދުނު 6 އިން ރޭގަނޑު 11 އަށް ރޫމް ސާވިސްގެ ޚިދުމަތް ފޯރުކޮށްދެއެވެ. އަދި ދިމްޔާތު އެފް އެންޑް ބީ ގެ މީރު ރަހަތައް ތަޖުރިބާކޮށްލުމުގެ ފުރުސަތުވެސް ވަނީ ހުޅުވިފައެވެ.
މި ގެސްޓް ހައުސްއަކީ މާލޭގެ އެންމެ މުހިންމު އެއް ލޮކޭޝަންގައި ހުންނަ ތަނެކެވެ. ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް އަދި ދަރުމަވަންތަ ހޮސްޕިޓަލަށް އެ ގެސްޓްހައުސްއިން ހިނގާލާފައިދާން ދެ މިނިޓްވެސް ނުނަގާނެއެވެ. މިސްކިތަށް ބަލާނަމަ ވިޔަފާރިވެރިންގެ މިސްކިތް އެހެރީ ހަމަ ދެ މިނިޓްގެ ރާސްތާގައެވެ. ހާބަރު ފުޓް ކޯޓުތައް ވެސް ހަމަ އެފަދައެވެ.

ވިލިމާލޭގައި އުޅޭ ޢާއިލާއާއި ރަށްޓެހިން ގާތަށް ޒިޔާރަތްކޮށްލުމަށް ވިލިމާލެއަށް ދާންބޭނުންނަމަ ފެރީޓާމިނަލް ތިން ހަތަރު މިނިޓްއިން ފޯރާނެއެވެ. މި ބީދައިން ހުޅުމާލެއަށް ދާން ބޭނުންނަމަ، ނުވަތަ ހުޅުލެއަށް ދާން ބޭނުންނަމަ ދަރުމަވަންތަ ހޮސްޕިޓަލްކައިރީ ބަސް ސްޓޮޕަށް ދާންވީއެވެ. ކުދިވެރިން ގޮވައިގެން ވައިޖައްސާލަން ނުކުންނަނަމަ ރައިވެރިޔާ މައިޒާނާއި، ސުނާމީ ބިނާ މައިޒާނާއި، ރަސްފަންނުވެސް ނުހަނު ކައިރިއެވެ. ބާޒާރަށް ނުކުމެލާ މަޖީދީ މަގުގައި ހިނގާލަން އެއީ ދުރު މަންޒިލެއް ނޫނެވެ.
ދިމްޔާތުން ރޫމް ބުކް ކުރެއްވުމަށް:
- ވައިބަރ ނަންބަރު: 7288920
- ފޯނު: 3328920، 3322392، 3324381
އިތުރުކަންކަމަށް ބަލާއިރު، އެ ގެސްޓް ހައުސްގައި ފިޓްނެސްއަށް ހާއްސަ ޓާފް ދަނޑެއް ޓެރެސްގައި ގާއިމްކޮށްފައިވެއެވެ. އަދި އިވެންޓް ބޭއްވުމަށް ފަންގިފިލާއެއް ހާއްސަކޮށްފައިވެއެވެ.
އެއް ތިރީސް އަހަރުގެ ތާރީޚެއް އޮތް މި ގެސްޓްހައުސް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، އެންމެފަހުގެ ޚިދުމަތްތައް އަންނަނީ ފޯރުކޮށްދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!