ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މެޖޯރިޓީ ހިއްސާ އޮންނަ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ކާލައިލް އިން، ހިއްސާ ވިއްކާލަން އުޅޭކަމުގެ އަޑުތަކެއް ފެތުރިއްޖެ އެވެ.
އެފަދަ ވާހަކަތަކެއް ފެންމަތިވެފައިވާ ކަމަށް އެމެރިކާގެ މަޝްހޫރު ޚަބަރު ޗެނަލް، ބްލޫމްބާގުން އިއްޔެ ވަނީ ރިޕޯޓް ކޮށްފަ އެވެ.
އެކަމުގެ މަޢުލޫމާތު ހުރި ފަރާތްތަކާއި ހަވާލާދީ އެނޫހުގައި ބުނެފައިވަނީ ކާލައިލް އާއި ކޯ އިންވެސްޓަރުން ކަމަށްވާ ކިންގް ސްޓްރީޓް ކެޕިޓަލް މެނޭޖްމަންޓާއި ޑޭވިޑްސަން ކެމްޕްނަރ ކެޕިޓަލް މެނޭޖްމަންޓުން، ޕޮޓެންޝަލް އެޑްވައިޒަރުންނާ އެކު ފުރަތަމަ މަޝްވަރާކޮށްފައިވާ ކަމަށެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރ ޓީއެމްއޭގެ މެޖޯރިޓީ ހިއްސާގެ އަގު 700 މިލިއަން ޑޮލަރާއި 500 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އެފަރާތްތަކުން ލަފާކުރެ އެވެ.
2013 ގައި، ބްލެކްސްޓޯނުން ޓީއެމްއޭގެ ބޮޑު ހިއްސާއެއް ގަތީ، ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު ޗަމްޕާ ހުސެއިން އަފީފާއި އޭނާގެ ވިޔަފާރީގެ ބައިވެރިންގެ އަތުންނެވެ.
2017 ގައި ބްލެކް ސްޓޯން އަތުން 500 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) އަށް އެމެރިކާގެ ބެއިން ކެޕިޓަލް އާއި ޗައިނާގެ ޓެންޕަސް ގްރޫޕް ކޯ އިން ގަތް ކުންފުނީގެ މައި ހިއްސާ ވިއްކާލީ ލޯނެއްގެ ގޮތުގައި ދައްކަން ޖެހޭ އެ ފައިސާ އެ ދެ ކުންފުންޏަށް ދެއްކޭ ގޮތް ނުވެގެންނެވެ. ކާލައިލް އަށް ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ވިއްކާލި އިރު، ކިންގް ސްޓްރީޓާއި ޑޭވިޑްސަން ކެމްޕް އިން ވެސް ވަނީ ހިއްސާ ގަނެފަ އެވެ. މި މުއާމަލާތް ހިންގަން އެއްބަސްވީ ބެއިންގެ ދަރަނި ދައްކައިދޭ ގޮތަށެވެ. ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ކާލައިލް އިން ގަތީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހު އެވެ.
ބްލޫމްބާގް ގައި އިތުރަށް ބުނެފައިވަނީ، އެ ވިޔަފާރި ގަތުމަށް އެސިނާއަތުގެ އެހެން ފަރާތްތަކާއި އިންވެސްޓްމަންޓް ފަންޑުތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ.
މިކަމާއި ގުޅޭގޮތުން ބްލޫމްބާގް އިން ސުވާލުކުރުމުން، ކާލައިލް، ކިންގް ސްޓްރީޓް އަދި ޑޭވިޑްސަން ކެމްޕްނާގެ ފަރާތުން ވަނީ މިކަމާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވާން ދެކޮޅު ހަދާފަ އެވެ.
ހެލިކޮޕްޓަރު ފްލީޓަކާއެކު 1989 ވަނަ އަހަރު އުފެދުނު ޓީއެމްއޭ އަކީ ރާއްޖޭގައި ވައިގެ ހިދުމަތްދޭ އެންމެ ދުވަސްވީ ކުންފުންޏެވެ. އެ ކުންފުނިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ 80 އަށް ވުރެގިނަ ރިސޯޓަށް ޓްރާންސްފާގެ ހިދުމަތް ފޯރުކޮށްދޭއިރު، ކޮންމެ އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަސިންޖަރުން ދަތުރުކުރެ އެވެ.
ޓީއެމްއޭ އަކީ މީގެކުރިން ޕްރައިވެޓް އިކުއިޓީ ފާރމްތަކުގެ އަތްމަތީގައި އޮތް ކުންފުންޏެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!