އެސްޓީއޯއިން ވިއްކަމުން އަންނަ ފިއެސްޓާ ބްރޭންޑްގެ އާ ސާމާނު ރާއްޖެއަށް ގެނެސްފިއެވެ.

ފިއެސްޓާއަކީ ބަދިގެއަށް ބޭނުންވާ ސާމާނު އުފެއްދުމުގައި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑެކެވެ.

Ad
rt

އެސްޓީއޯއިން އަލަށް ގެނައި ފިއެސްޓާގެ އުފެއްދުންތަކުގެ ތެރޭގައި ފްރީ ސްޓޭންޑިން ކުކަރާއި އިލެކްޓްރިކް އަދި ބިލްޓް އިން، އަވަނާއި ބިލްޓް އިން އުދުން ހިމެނެއެވެ. މި އުފެއްދުންތަކަކީ މިހާރު ޒަމާނީ ބަދިގެތަކަށް ބޭނުންވާ ސާމާނެވެ.

މި ސާމާނު ވިއްކަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އިންނެވެ.

ފިއެސްޓާގެ ސާމާނު ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯގެ އީ ސްޓޯރުންވެސް ލިބެން ހުންނާނެއެވެ. އީ ސްޓޯރުޖް ވިޔަފާރި ކުރުމުން ގެއަށް ޑެލިވަކޮށްދޭނެއެވެ.

އެސްޓީއޯއިން އަންނީ ދުނިޔޭގެ މަގުބޫލު ގިނަ ބްރޭންޑުތަކުގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފު ކުރަމުންނެވެ.