އުރީދޫ މޯލްޑިވްސް އިން ޕްރޯލެޕް އާ ގުޅިގެން “ބެކް ޓު ސްކޫލް” އޮފާ އެއް މިއަދު އިއުލާން ކޮށްފިއެވެ.
މި އޮފާގެ ދަށުން ޕްރޯލެޕުން ގަންނަ ކޮންމެ ލެޕްޓޮޕަކާއެކު އުރީދޫ މޯލްޑިވްސްގެ ފަސޭހަ މިނީ ޑިވައިސްއެއް ލިބޭނެއެވެ. އަދި 240ޖީބީ އާއި ހަމައަށް ބޯނަސް ޑޭޓާ ގެސް ލިބޭނެއެވެ.
މީގެ އިތުރުން މި އޮފާގެ ދަށުން ހިލޭ ލިބޭ ފަސޭހަ މިނީ ޑިވައިސް މެދުވެރިކޮށް ރީޗާޖް ކުރާ ފުރަތަމަ 12 ފަހަރު، ކުރާ ކޮންމެ ރީޗާޖަކަށް 20ޖީބީ ބޯނަސް ޑޭޓާ ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.
ޕްރޯލެޕް އިން ހަދިޔާ ކުރާ ހިލޭ ލެޕްޓޮޕް ކޭސް އެއް ވެސް މި އޮފާގައި ހިމެނިފައިވާ ކަަމަށާއި އެޗްޕީ އަދި އޭސަސް ގެ ފަހުގެ ލެޕްޓޮޕްތައް ހިމެނޭގޮތަށް ބަންޑްލްކޮށްފައިވާ މި އޮފާ މިއަދުން ފެށިގެން ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސެން ނިޔާޒް ވިދާޅުވީ އެ ކުންފުނިން އާއްމުކޮށް ކަންކުރާ ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ކަމަށާއި މަސައްކަތުގެ މާހައުލުގައިވެސް، ދަރިވަރުންގެ ކިޔެވުން އަދި އާންމު ދިރިއުޅުމުގެ ކަންކަންމުގައިވެސް އިންޓަނެޓް ގެ ޚިދުމަތް މުހިންމުވެފައިވާ ކަމަށެވެ.
އަދި އިންޓަނެޓް މެދުވެރިކޮށް ތައުލީމުގެ ގިނަ ފުރުސަތުތަކެއް ފަހިވެގެންދާ ކަމަށާއި އުރީދޫގެ އޮފާގެ ސަބަބުމް އޮންލައިންކޮށް ކިޔަވަން ބޭނުންވާ ތަކެތި ހޯދުމުގައި އިތުރު ލުއިތަކެއް ވާނެ ކަމަށް ވެސް ނިޔާޒު ވިދާޅުވިއެވެ
“އަދުގެ ދުނިޔޭގައި، ދަރިވަރުންނަށާއި ޓީޗަރުންނަށްވެސް އިންޓަނެޓް މެދުވެރިކޮށް އެތަކެއް ތައުލީމީ ފުރުސަތުތަކެއް ފަހިވެގެންދޭ. ވުމާއިއެކު، ޕްރޯލެޕް އާއެކު މި ލޯންޗް ކުރި އޮފާ މެދުވެރިކޮށް ދަރިވަރުންނަށާއި ބެލެނިވެރިންނަށް އޮންލައިންކޮށް ކިޔެވުމުގެ ކަންކަމަށް ބޭނުންވާ ތަކެތި ބައްލަވައިގަތުމުގައި އިތުރު ލުއިތަކެއް ލިބިގެންދާނެ. ހުރިހާ ދަރިވަރުންނަށް އުފާވެރި ޗުއްޓީއަކަށް އަދި ބާއްޖަވެރި ތަޢުލީމީ އަހަރަކަށް އެދެން.” ނިޔާޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!