ޔޯގާ ދުވަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ޝޭހް ފަޒްލޫން މުހައްމަދާއި ޝޭހް އާދަމް ނިޝާން ބަންދުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
މިދިޔަ މަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބާއްވަނިކޮށް ހިނގަމުން ދަނިކޮށް އެތަނަށް ވަދެ ހިންގި ހަމަނުޖެހުންތަކަށް ހިތްވަރު ދިން ކަމަށް ބުނެ މިދިޔަ މަހު ހައްޔަރުކުރި ފަޒްލޫނާއި ނިޝާންގެ ބަންދުގެ މުއްދަތު އެކިފަހަރު މަތިން ވަނީ އިތުރުކޮށްފަ އެވެ.
އެންމެފަހުން ފަޒްލޫންގެ ބަންދަށް އިތުރުކުރީ 16 ދުވަހަށެވެ. އަދި ނިޝާންގެ ބަންދަށް އިތުރުކުރީ 13 ދުވަހެވެ. އެ މައްސަލަ އެ ބޭފުޅުންގެ އިސްތިއުނާފަށް ހުށަހެޅިޔަސް، އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން ގޮތެއް ނުނިންމަ އެވެ.
ޔޯގާ ދުވަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އިތުރު ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެގޮތުން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވެސް ވަނީ ބަންދުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!