އެންމެ 100 ރުފިޔާއަށް 100 ޖީބީ ލިބޭ ޕެކޭޖެއް އުރީދޫ މޯލްޑިވްސް އިން ތައާރަފު ކޮށްފިއެވެ.

"ބޮޑު ޗުއްޓީ ޕެކް" ގެ ނަމުގައި ތައާރަފު ކުރި މި ޕެކަކީ ކޮންމެތާކު، ކޮންމެވަގުތެއްގައިވެސް އާއިލާއާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން، މިނިވަން ދުވަހާއި އަޟްހާ އީދާ ގުޅުވައިގެން އަންނަ ބަންދަށް ހާއްސަކޮށްގެން ތައާރަފު ކުރި ޕެކޭޖެކެވެ.

Ad
rt

މި ފުރުސަތު އުރީދޫގެ ހުރިހާ މޯބައިލް ކަސްޓަމަރުންނަށް ވަނީ ހުޅުވާފައެވެ. މި އޮފާ އޮންނާނީމި މަހުގެ ނިޔަލަށެވެ

އުރީދޫ އެޕް http://ore.do/app މެދުވެރިކޮށް ނުވަތަ *929*1# އަށް ގުޅުއްވައިގެން މި ޕެޖޭކް އެކްޓިވޭޓްކޮށްލެވޭނެއެވެ. އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލުމަށް 100GB ޖެހުމަށްފަހު 5555 އަށް އެސްއެމްއެސް ފޮނުވުމުން އެކްޓިވޭޓްކުރެވޭނެއެވެ.

“ބޮޑު ބަންދުތެރޭ ޗުއްޓީ ހަދާލަން ރަށަކަށް ދިޔަޔަސް ނުވަތަ އާއިލާއާއެކު ވަގުތު ހޭދަކޮށްލަން ގޭގައި ޗުއްޓީ ހޭދަކުރިޔަސް އަޟްހާ ޢީދަކީ ކުލަގަދަކޮށް ފާހަގަކޮށް ހާއްސަ އުފާވެރިކަމަކުން ފުރިގެންވާ ޗުއްޓީއެއް. މި އުފާވެރި މުނާސަބަތުގައި، އަޅުގަނޑުމެންގެ ލޮބުވެތި ކަސްޓަމަރުންނަށް، ދުރުގައި ތިބި އާއިލާއާއި ރައްޓެހިންނާ އިތުރަށް ގުޅުވާލަދިނުމަށް، ޗުއްޓީގެ ތެރެއިން ކުލަގަދަ އަދި އުފާވެރި ވަގުތުތައް ހިއްސާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މި އޮފާ ކަމުދާނެކަމަށް އުއްމީދުކުރަން." އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ހުސައިން ނިޔާޒް ވިދާޅުވިއެވެ.

އުރީދޫ އިން ވަނީ އެ ކުންފުނީގެ މުޅި ޓީމުގެ ފަރާތުން ކަސްޓަމަރުންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ އާއި އަޟްހާ ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކޮށްފައެވެ.