ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އަށް ވޭރިއަބަލް ރެފްރިޖަރެންޓް ފްލޯ (ވީއާރުއެފް) ސިސްޓަމެއް ހަދިޔާކޮށްފިއެވެ.

މިއީ އެސްޓީއޯއާއި އެމްއައިޓީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ހަދިޔާ ކުރި ސިސްޓަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

މި ސިސްޓަމުގެ ސަބަބުން އެމްއައިޓީގައި ރެފްރިޖަރޭޝަން އަދި އެއާކޮންޑިޝަނިން އިން ހާއްސަވާ މެކޭނިކަލް ދަރިވަރުންގެ ޕްރެކްޓިކަލް ސެޝަންތައް ކުރިއަށް ގެންދިއުމަށް އެހީވާނެއެވެ

އެ އެއްބަސްވުމުގެ ދަށުން އެ އިންސްޓިޓިއުޓުން އެސްޓީއޯގެ ސާވިސް ސެންޓަރު ސްޓާފުންނަށް ފަހުގެ ޓެކްނޮލޮޖީތަކާ ގުޅޭ ތަމްރީނު ސެޝަންތަކާއި ވޯކްޝޮޕްތައް ހިންގައިދޭނެ ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.

އެމްއައިޓީން ފޯރުކޮށްދޭ އެހީގެ ތެރޭގައި ތިއަރީ އަދި ޕްރެކްޓިކަލް ކުލާސްތައް ހިމެނެއެވެ.