ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސްޓެލްކޯ އިން އިމާރާތްކޮށްފައިވާ ޓަވަރުތަކުގައި ނުވިކި ހުރި ފްލެޓްތައް ވިއްކުމަށް ހުޅުވާލައިފިއެވެ.
އެ ކުންފުނިން ބުނީ މުވައްޒަފުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ ހައުސިން ޕޮރޮޖެކްޓުގެ ދެ ޓަވަރުން ނުވިކި ހުރި އެޕާޓްމަންޓްތައް ގަތުމަށް ޝައުގުވެރިވާ މުވައްޒަފުންނަށް މިހާރު އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި މިހާރު ނުވިކި ހުރީ އެއް ކޮޓަރީގެ 16 އެޕާޓްމަންޓަކާއި ދެ ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ (1+2) ގެ 16 އެޕާޓްމަންޓެވެ.
ފްލެޓްތަކަށް ޝަރުތު ހަމަވާނީ ސްޓެލްކޯގައި ދެ އަހަރު މަސައްކަތްކޮށްފައިވާ މީހުންނެވެ. އެމީހުންގެ ދިރިއުޅުމުގެ ހާލަތާއި މާލޭގައި ގެދޮރު ހުރިތޯ ބަލާނެއެވެ.
މީގެ އިތުރުން ފްލެޓްގެ 20 އިންސައްތަ ޑައުންޕޭމަންޓްގެ ގޮތުގައި 350،000ރ. ޑިސެމްބަރު މަހުގެ ކުރިން ދައްކަން ޖެހޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ކުރިން ފްލެޓް ގަތް މުވައްޒަފުން ވަނީ އެމީހުންގެ ޑައުންޕޭމަންޓް އެއްކޮށް ދައްކާ ނިންމައިފައެވެ.
ސްޓެލްކޯގެ ދެ ޓަވަރުގައި ހިމެނެނީ 360 ފްލެޓެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!