ނައިޖީރިޔާގެ ބައުޗީ ސްޓޭޓްގެ ނިންގީގައި 3 ފިރިހެނުން އެއްޖިންސުން ގުޅުންހިންގި މައްސަލައެއް ފެންމަތިވިތާ މަހެއް ނުވަނީސް އެމީހުން ރަޖަމުކުރަން ހުކުމް ކޮށްފި އެވެ.
ބައުޗީ ސްޓޭޓްގެ ނިންގި އެލްޖީއޭގެ މައި މަރުކަޒު ގައި ހުންނަ ޝަރީއާ ކޯޓަކުން ތިން މީހަކު ގަލުން ޖަހައި މަރުގެ ހުކުމް އިއްވާފައި ވަނީ ދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.
އެމީހުންގެ މައްޗަށް ކުށް ސާބިތުވެފައިވަނީ އިސްލާމްދީނުގައި ހަރާންކަމެއްކަމުގައިވާ އެއްޖިންސުން ގުޅުން ހިންގުމުގައި ބައިވެރިވެފައިވާތީއެވެ. ފަސްލައްކައެއްހާ މީހުންގެ އާބާދީއެއް ދިރި އުޅޭ އެސަރަހައްދުގައީ އުޅެނީ މުސްލިމުންނެވެ.
ލިވާތުގެ ކުށް ސާބިތުވެފައިވާ ފަރާތްތަކަކީ އަބްދުﷲ އަބޫބަކުރު ބެޓީ 30 އަހަރާއި، ކާމިލު ޔައު 20 އަހަރާއި މަލް. ހާރޫނާ 70 އަހަރުގެ މައްޗަށެވެ.
އެތިން މީހުންގެ މައްޗަށް ހުކުމްކޮށްފައިވަނީ، 2001 ވަނަ އަހަރުގެ ބައުޗީ ސްޓޭޓްގެ ޖިނާއީ ގާނޫނުގެ 134 ވަނަ މާއްދާގެ އިތުރުން 362 ވަނަ ޞަފްޙާގައިވާ ފިކުހުސުނާ ޖިޒުޢީ ނަންބަރު 2 ގެ މާއްދާތަކުގެ މައްޗަށް ބިނާކޮށެވެ.
ކުށްވެރިވި މީހުންގެ މައްޗަށް މައްސަލަ ބަލަން ފެށީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ ނިންގީ އެލްޖީއޭގެ ގްވާޑާ އަވަށުގައި އެއްޖިންސުން ގުޅުން ހިންގަމުން ދަނިކޮންނެވެ.
ކޯޓުގައި ހެކިންގެ ބަޔާންތައް އަޑުއެހުމަށްފަހު ދައުވާ ލިބޭ ތިން މީހުންވަނީ ކުށަށް އިއުތިރާފުވެފަ އެވެ.
އެއާއިއެކު ކޯޓުން ހުކުމް އިއްވީ ގަލުން ތަޅައި އެމީހުން ރަޖަމު ކުރާށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!