ކިންގް ސަލްމާން މިސްކިތުގެ މިމްބަރަށް އަރައި އަޑުގަދަ ކުރިމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ސަލްމާން މިސްކިތުގެ މިމްބަރަށް އަރައި މީހަކު އަޑުގަދަ ކުރަމުންދާ ކަމުގެ މައުލޫމާތު މިއަދު 12:24 ހާއިރު އެ އިދާރާއަށް ލިބުނު ކަމަށެވެ.
މި މައްސަލައާއި ގުޅިގެން 43 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހާ ހުރީ އައިއެސްއައިސްގެ ލޯގޯ ޖެހި ޖުއްބާއެއް ލައިގެންނެވެ.
މި މައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމަށް ފުލުހުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!