ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަ ނުވާތީ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފިއެވެ.

ގާނޫނުގައި ބަޔާން ކުރާ މެންބަރުންގެ އަދަދު ހަމަނުވާތީ، މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހަތަރު ޕާޓީއަކުން އީސީން ވަނީ އުވާލާނެ ކަމުގެ ނޯޓިސް ދީފަ އެވެ. އެއީ އެމްއެލްއެސްޑީޕީގެ އިތުރުން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އެވެ.

Ad
rt

މި ހުރިހާ ޕާޓީ އަކުން ވެސް ދިން މުއްދަތާ ހަމައަށް މެމްބަރުން ހަމަކުރުމަށް ފޯމު ހުށަހެޅި އިރު އެ ދުވަހު އިލެކްޝަނުން ބުނީ އުވާލަން ނޯޓިސް ދިން 4 ޕާޓީން ވެސް މެމްބަރުން ހަމަކޮށްފައިވާ ކަމަށެވެ. އެގޮތުން އެމްއެލްސްޑީޕީ އަށް އިތުރު 309 މެންބަރުން ހޯދަން އެންގުމުން ހޯދި 376 މެންބަރުނާއި އެކު އެ ޕާޓީގައި މިހާރު 3،067 މެމްބަރުން އެބަތިއްބޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެކަމަކު ކޮމިޝަނުން އެ އަދަދުތައް ހާމަކުރީ ފޯމުތައް ޕްރޮސެސް ނުކޮށެވެ. ޕްރޮސެސް ކުރުމަށް ފަހު މިދިޔަ ދެ ހަފްތާ ތެރޭގައި ހުރިހާ ޕާޓީތަކަށް އުވާނުލާނެ ކަމުގެ ލިޔުން ދެމުން އައިސް މިއަދު އެ ކޮމިޝަނުން ބުނީ ޕްރޮސެސްކޮށް ނިމުނު އިރު އެމްއެލްއެސްޑީޕީގެ މެމްބަރުން ހަމަނުވާ ކަމަށެވެ.

އެހެންވެ ޕާޓީ އުވާލުމަށް ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމަށް އެ ޕާޓީއަށް އަންގާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.