ސުވާލު: އިޙްރާމް ބަނދެފައިވާ މީހާ ފެންވަރާއިރު، ބޯ ދޮވުމުގެ ޙުކުމަކީ ކޮބާތޯ؟
ޖަވާބު: އިޙްރާމް ބަންދެފައިވާ މީހާ ބޯދޮވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ބޯ ދޮންނައިރު ދޮންނަންވާނީ، މަޑުމަޑުން ފަރުވާތެރިކަމާއެކުއެވެ. ހަތަރު މަޛުހަބުގެ ރައުޔަކީވެސް މިއެވެ.
އިމާމް ބުޚާރީ އަދި މުސްލިމް އެދެބޭކަލުންގެ ޞަޙީޙުގައި ޛިކުރުކުރައްވާފައިވާ، ޢަބްދުﷲ އިބްނު ޙުނައިން ރިވާ ކުރައްވަފައިވާ ޙަދީޘުން މިކަމަށް ދަލީލުކޮށްދެއެވެ.
ދަލީލު: عن عَبْدِ اللَّهِ بْنِ حُنَيْنٍ أَنَّ عَبْدَ اللَّهِ بْنَ الْعَبَّاسِ، وَالْمِسْوَرَ بْنَ مَخْرَمَةَ، اخْتَلَفَا بِالأَبْوَاءِ، فَقَالَ عَبْدُ اللَّهِ بْنُ عَبَّاسٍ يَغْسِلُ الْمُحْرِمُ رَأْسَهُ. وَقَالَ الْمِسْوَرُ لاَ يَغْسِلُ الْمُحْرِمُ رَأْسَهُ. فَأَرْسَلَنِي عَبْدُ اللَّهِ بْنُ الْعَبَّاسِ إِلَى أَبِي أَيُّوبَ الأَنْصَارِيِّ، فَوَجَدْتُهُ يَغْتَسِلُ بَيْنَ الْقَرْنَيْنِ، وَهُوَ يُسْتَرُ بِثَوْبٍ، فَسَلَّمْتُ عَلَيْهِ فَقَالَ مَنْ هَذَا فَقُلْتُ أَنَا عَبْدُ اللَّهِ بْنُ حُنَيْنٍ، أَرْسَلَنِي إِلَيْكَ عَبْدُ اللَّهِ بْنُ الْعَبَّاسِ، أَسْأَلُكَ كَيْفَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَغْسِلُ رَأْسَهُ، وَهُوَ مُحْرِمٌ، فَوَضَعَ أَبُو أَيُّوبَ يَدَهُ عَلَى الثَّوْبِ، فَطَأْطَأَهُ حَتَّى بَدَا لِي رَأْسُهُ ثُمَّ قَالَ لإِنْسَانٍ يَصُبُّ عَلَيْهِ اصْبُبْ. فَصَبَّ عَلَى رَأْسِهِ، ثُمَّ حَرَّكَ رَأْسَهُ بِيَدَيْهِ فَأَقْبَلَ بِهِمَا وَأَدْبَرَ وَقَالَ هَكَذَا رَأَيْتُهُ صلى الله عليه وسلم يَفْعَلُ. (1)
މާނަ: ޢަބްދުﷲ އިބްނު ޙުނައިންގެ އަރިހުން ރިވާވެފައިވެއެވެ. އަލްއަބްވާ ގައި (ﷲ އެދެބޭކަލުންނަށް ރުއްސުން ލެއްވި) ޢަބްދުﷲ އިބްނު ޢައްބާސާއި އަލްމިސްވަރާ އިބްނު މަޚްރަމާ (މައްސަލައެއްގައި) އިޚްތިލާފު ވެވަޑައިގަތެވެ. ޢަބްދުﷲ އިބްނު ޢައްބާސް ވިދާޅުވިއެވެ.
"އިޙްރާމް ބަންދެފައިވާ މީހާއަށް އޭނާގެ ބޯ ދޮވެވޭނެއެވެ." އަދި އަލްމިސްވަރާ އިބްނު މަޚްރަމާ ވިދާޅުވިއެވެ. "އިޙްރާމް ބަންދެފައިވާ މީހާ އޭނާގެ ބޯ ދޮވެގެން ނުވާނެއެވެ."
އެހިނދު، ޢަބްދުﷲ އިބްނު ޢައްބާސް، އަބޫ އައްޔޫބުލް އަންޞާރީ (ރަޟިޔަﷲ ޢަންހުގެ) އަރިހަށް އަހަރެން ފޮނުއްވިއެވެ. ފަހެ އަހަންނަށް ފެނުނީ އެކަލޭގެފާނު (އަބޫ އައްޔޫބުލް އަންޞާރީ) ދެލަކުޑި ފިލާ ގަނޑެއްގެ ދެމެދުގައި ފެންވަރަން ހުންނަވަނިކޮށެވެ. އެކަލޭގެފާނު ވަނީ ފޮތިގަނޑަކުން ނިވާވެފައެވެ. ދެން ފަހެ އަހަރެން އެކަލޭގެފާނަށް ސަލާމް ގޮވައިލީމެވެ. އެހިނދު އެކަލޭގެފާނު އެއްސެވިއެވެ. "ތިޔައީ ކާކުހެއްޔެވެ؟" އަހަރެން ބުނީމެވެ.
"އަހަންނަކީ ޢަބްދުﷲ އިބްނު ޙުނައިނެވެ. އަހަރެން ކަލޭގެފާނުގެ އަރިހަށް ފޮނުއްވީ ޢަބްދުﷲ އިބްނު ޢައްބާސެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އިޙްރާމް ބަންދެފައިވާ ޙާލުގައި، އެކަލޭގެފާނުގެ އިސްތަށިފުޅު ދޮވެވަޑައިގަތް ގޮތާބެހޭގޮތުން ކަލޭގެފާނާ ސުވާކު ކުރެއްވުމަށްޓަކައެވެ. އެހިނދު އަބޫ އައްޔޫބުލް (އަންޞާރީ)، އެކަލޭގެފާނުގެ އަތްޕުޅު، ފޮތިގަނޑުމަތީގައި އަޅުއްވައި، އެކަލޭގެފާނުގެ ބޯ ފެންނަވަރަށް ފޮތިގަނޑު ތިރިކުރެއްވިއެވެ. އަދި އެއަށްފަހު މީހެއް ގާތު، އެކަލޭގެފާނުގެ ބޮލަށް ފެން އެޅުއްވުމަށް އެންގެވިއެވެ. ދެން (އެމީހަކު) އެކަލޭގެފާނުގެ ބޮލަށް ފެން އެޅުއްވިއެވެ. ދެން (އަބޫ އައްޔޫބުލް އަންޞާރީ)، ބޮލުގެ އިސްތަށިގަނޑުގެ ތެރޭގައި ކުރިއަށް އަދި ފަހަތަށް އެކަލޭގެފާނުގެ އަތް ޙަރަކާތްކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، މިފަދައިން ހެއްދެވިތަން ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ.
ރިފަރެންސް:
رواه البخاري (1840)، ومسلم (1205)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!