ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މަކިޓާގެ އުފެއްދުންތަކަށް ހާއްސަ ޝޯރޫމް އެއް ހުޅުވައިފިއެވެ.

މިރޭ ބޭއްވި ރަސްްމިއްޔާތެއްގައި މި ޝޯރޫމް ހުޅުއްވައިދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި ސިންގަޕޫރު މަކިޓާގެ ޖެނެރަލް މެނޭޖަރު އިކެޑާ ސަންއެވެ.

Ad
rt

އެސްޓީއޯ އިން މަކިޓާގެ އުފެއްދުންތަކަށް ހާއްސަ މޖ ޝޯރޫމް ހުޅުވީ ބޮޑުތަކުރުފާނު މަގު ސީޓްރެކްސް އިމާރާތުގެ ގްރައުންޑް ފްލޯގައެވެ. މި ޝޯރޫމުން މަކިޓާގެ އުފެއްދުންތަކުގެ އިތުރުން ސްޕެއާ ޕާޓުތަކާއި އާފްޓަ ސޭލްސް ސާވިސް ވެސް ކަސްޓަމަރުންނަށް ލިބޭނެއެވެ.

މަކިޓާ ބްރޭންޑު ރާއްޖެއަށް ތައާރަފު ކުރިތާ 25 އަހަރު ވެފައިވާއިރު އެ ބްރޭންޑު ވެފައިވަނީ ދިވެހިންގެ މެދުގައި މަގުބޫލު ބްރޭންޑް އަކަށެވެ. ޖަޕާނުން އެތެރެކޮށް އެސްޓީއޯއިން ވިއްކާ މަކިޓާ ގެ އުފެއްދުންތައް ދިވެހިންނަށް ފޯރުކޮށްދިނުން ވެގެން ދިޔައީ މަސައްކަތް ތެރިންގެ ވަގުތު ސަލާމަތްކޮށްދީ އިތުރު ފަސޭހަތަކެއް ލިއްބައިދިން ކަމަކަށެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައިވެސް އެސްޓީއޯގެ މަކިޓާ ބްރޭންޑް ގެ އުފެއްދުންތަށް ލިބެންހުރެއެވެ. މި ގޮތުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުންނާއި އެސްޓީއޯ ޕީޕަލް ޗޮއިސް ގެ އޭޖެންޓުން ވެސް އާއްމުންނާއި ހަމައަށް މަކިޓާ ޕްރޮޑަކްޓްސް ފޯރުކޮށްދެއެވެ.

މަކިޓާއިން ރާއްޖެ އެތެރެކޮށް ވިއްކާ އުފެއްދުންތަކުގެ ތެރޭގައި، ވަޑާންކުރުމަށް ހާއްސަ ކަރަންޓު ސާމާނާއި، އައުޓްޑޯ އެކި މަސައްކަތްތަކަށް ބޭނުންކުރެވޭނެ ސާމާނާއި، ގާޑެނިންގ އަށް ހާއްސަ އުފެއްދުންތަކުގެ އިތުރުން އިންޑޯ އަދި އާއްމު ދިރިއުޅުމުގައި ބޭނުން ކުރެވޭނެ ވެކިއުމް ކްލީނަރު ފަދަ ސާމާނުތައް ހިމެނެއެވެ.

އަލަށް ހުޅުވި މަކިޓާ ޝޯރޫމާއެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަ ހިދުމަތްތަކެއް ލިބޭނެކަމަށް އެސްޓީއޯއިން ބުންޏެވެ.