މިއަދު ސޯޝަލް މީޑިއާގައި އާންމުވެފައި ވަނީ ކާނަލް މުހައްމަދު ނަޝީދުގެ ފޮޓޯއެއް ކަމަށް އޭނާ އެއްބަސްވެވަޑައިގެންފިއެވެ.
މީގެ ދެ ދުވަސް ކުރިން ފެށިގެން ސޯޝަލް މީޑިއާގައި އެކި ސިޔާސީ ފަރާތްތައް ކަމަށް ތުހުމަތުވާ ބައެއްގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ލީކުވަމުން އަންނަ އިރު އެންމެ ފުރަތަމަ ލީކުވީ ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހެއްގެ ވީޑިއޯއެކެވެ.
މިއަދު ކާނަލް ނާޒިމްގެ ފޮޓޯއެއް އާންމުވެފައިވާއިރު އެ ފޮޓޯއިން ފެންނަނީ ކާނަލް ނާޒިމް ކޮޓަރިއަކަށް ވަންނަ ތަނެވެ. އެ ކޮޓަރި އަކީ ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހާގެ ވީޑިއޯއިން ފެންނަ ކޮޓަރިއެވެ.
މިކަމާ ގުޅިގެން ކާނަލް ނަޝީދު ކުރެއްވި ޕޯސްޓުގައި އޭނާ ވަނީ އެ ފޮޓޯ އަކީ އޭނާ ކަމަށް އެއްބަސްވެ، އެތަނަށް ގެންދިޔައީ ވިޔަފާރި ބައްދަލުވުމަކަށް ކަމަށް ބުނެ ތަކުރާރުކޮށް ގުޅައިގެން ކަމަށް ވިދާޅުވެފައެވެ. އަދި އެމީހުން ބޭނުންވީ އޭނާ ލައްވާ އެ ފާހިޝް އަމަލު ހިންގަން ކަމަށާއި އެކަމަކު އެކަމުން ބަރީއަ ވި ކަމަށް ވިދާޅުވިއެވެ.
އެކަމަކު އެއީ ކޮންކަހަލަ ވިޔަފާރިއެއް ކަމެއް އަދި އެ ވިދާޅުވާ 'އެމީހުން' އަކީ ކޮބާ ކަމެއް ކާނަލް ސާފެއް ނުކޮށްދެއްވައެވެ.
ފުރަތަމަ ލީކުވި ވީޑިއޯގައި ފެންނަ ނާޒިމް ކަމަށް ބެލެވޭ މީހާ އާ އެކު ފެންނަ ބިދޭސީ މީހާ އަކީ މިގޮތަށް މީހުންނަށް ހަށި ވިއްކައި ފޮޓޯ އަދި ވީޑިއޯ ނަގައިގެން ބިރުދައްކައިގެން ފައިސާ ހޯދާ މީހެއް ކަމަށް ތުހުމަތުކޮށްފައިވެއެވެ. ކާނަލް ވިދާޅުވިގޮތުގައި އެމީހާ ވަނީ ކާނަލް އަށް ވެސް ބިރުދައްކާފައެވެ.
އެމީހުން މި ފޮޓޯ ލީކުކޮށްލާނެކަމުގެ ބިރުދެއްކި. 2 ލައްކަ ޑޮލަރު ހޯދަން އެދުނު. އަޅުގަނޑު ބުނިން ލީކުކޮށްލާށޭ ލާރިއެއް ނުލިބޭނޭ. އަޅުގަނޑުގެ ބަރަހަނާ ފޮޓޯއެއް ނުހުންނާނެ އިރާދަކުރެއްވިއްޔާ
ނާޒިމް ކަމަށް ބެލެވޭ މީހާގެ ވީޑިއޯއިން ވެސް ފެންނަ ގޮތުގައި އެ ވީޑިއޯ ނަގާފައި ވަނީ ބިދޭސީ މީހާ އެވެ. އޭނާ އެކަން ކުރީ ކޮޓަރިއަށް ވަންނަ ދޮރާއި އެނދު ފެންނަހެން ކޮޓަރީގެ އެއް އަރިއެއްގައި ކެމެރާ ހަރުކޮށްގެންނެވެ. ކާނަލްގެ ލީކުވި ފޮޓޯވެސް ނަގާފައި ވަނީ ހަމަ އެތަނުގައި އެގޮތަށް ކެމެރާއެއް ހަރުކޮށްގެންނެވެ.
މި މައްސަލަތަކުގައި ބިދޭސީ މީހާއާ ފުލުހުން ސުވާލުކޮށް ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރާއިރު އެކަމާ ގުޅިގެން އަދި ފުލުހުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!