ސިޔާސީ ބޭނުންތަކަށްޓަކާ ދަރިންނާ ބެހުން ހުއްޓާލަން ޖެހޭ ކަމަށް ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ސިޔާސީ އެކި ބޭފުޅުންކަމަށް ތުހުމަތުވާ ބައެއްގެ ބަރަހަނާ ފޮޓޯތަކާއި އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވަމުން އަންނަ އިރު ބައެއް މީހުން އަންނަނީ އެ ވީޑިއޯތަކުން މާރިޔާގެ ފިރިހެން ދަރިފުޅު ފެންނަ ކަމަށް ބުނަމުންނެވެ.
އޭގެ ތެރެއިން އެއް ވީޑިއޯގައި ބިދޭސީ އަކު ފެންނަ އިރު، އެ ބިދޭސީ މީހާ އަކީ ގިނަ ބަޔަކާ އެކު އެފަދަ ގުޅުން ބާއްވައި ވީޑިއޯކޮށް އެ ވީޑިއޯ ބޭނުންކޮށްގެން މީހުން ބްލެކްމެއިލް ކުރަމުން އަންނަ މީހެއް ކަމަށް އަޑު ފެތުރިފައިވެއެވެ. ލީކުވެފައިވާ ވީޑިއޯ ވެސް ވީޑިއޯ ކޮށްފައި ވަނީ އޭނާ އަމިއްލައަށް ކެމެރާ ހަރުކޮށްގެން ކަން އެ ވީޑިއޯއިން އެނގެއެވެ. އަދި އެއީ އެކަމުގައި ދެން ބައިވެރިވި މީހާ އަށް ނޭނގި ނެގި ވީޑިއޯއެއް ކަން ވެސް ފެނެއެވެ.
މިކަމުގައި މާރިޔާގެ ދަރިފުޅަށް ތުހުމަތުކޮށް ނޫސްވެރިއަކު ސުވާލުކުރުމުން މާރިޔާ ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށާއި، މީހަކު އޭނާ ބްލެކްމެއިލް ވެސް ނުކުރާ ކަމަށެވެ. އަދި އެ މެސެޖާއި އެކު ކުރި ޓުވީޓުގައި މާރިޔާ ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ.
މީގެ ކުރިން ވެސް ދަރިފުޅު އައްފާން އަކީ އެއް ޖިންސުން ގުޅުން ހިންގާ މީހެއް ކަމަށާއި، އޭނާ ރާއްޖެއިން ބޭރުގައި އުޅެނީ ފިރިހެނަކާ ކައިވެނިކޮށްގެން ކަމަށް ބުނެ ވެސް ބައެއް މީޑިއާތަކުން ހަބަރު ފަތުރާފައިވެއެވެ. އެހެންވެ މާރިޔާ މިއަދު ކުރެއްވި ޓުވީޓުގައި އޭނާ ވަނީ ސިޔާސީ ކަންކަމުގެ ތެރެއަށް ދަރިން ވެއްދުމަކީ އަންހެނުންނަށް ކުރާ ފުރައްސާރައެއް ކަމަށް ވިދާޅުވެފައެވެ. އަދި ހުރިހާ ކަމަކަށް އޭނާގެ ދަރިފުޅު ނުވެއްދުމަށް އެދިވަޑައިގެންނެވިއެވެ.
އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުގައި ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށްވާ އަނދުން ހުސައިން އާއި ސަލީމް އަދި ފަލާހު ވެސް ފެންނަ ކަމަށް އަންނަނީ ތުހުމަތުކުރަމުންނެވެ. މީގެ ތެރެއިން ނާޒިމް އާއި، އަނދުން ހުސައިންގެ މައްސަލަ ބަލަމުން އަންނަ ކަން ފުލުހުން ހާމަކޮށްފައިވާއިރު މެމްބަރު ސަލީމް އަމިއްލައަށް ވަނީ އެ މައްސަލަ ބެލުމަށް ފުލުހުން ކިބައިން އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!