ކޮންމެ އަހަރަކު ވެސް ފާހަގަކުރަމުން އަންނަ ޔޯގާ ޑޭ މި އަހަރު ފާހަގަނުކުރަން ސަރުކާރުގެ އަދި ކަމާ ބެހޭ އެއްވެސް އިދާރާއަކުން އަންގާފައި ނުވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.
މި އަހަރުގެ ޔޯގާ ޑޭ ގައި ބޮޑު ހަމަނުޖެހުމެއް ހިނގާފައިވާއިރު، ޔޯގާ އަކީ ހަރާމް އެއްޗެއް ކަމަށް މިސްރުގެ ފަތުވާދޭ މަޖިލީހުން ބުނެފައިވާތީ ރާއްޖޭގައި އެ ހަރަކާތް ބެއްވުނަ ނުދީ ހުއްޓުވުމަށް މި މަހު 15 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ފުލުސް އޮފީހަށް ހުށަހަޅަފައި ވެއެވެ. އެކަމަކު 21 ވަނަ ދުވަހު އެ ހަރަކާތް ބާއްވާފައި ވެއެވެ.
އެކަމާ ގުޅިގެން ޔޫތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ 2014 ވަނަ އަހަރުން ފެށިގެން އެ ހަރަކާތް ރާއްޖޭގައި ހިންގަމުން އަންނަ އިރު މި އަހަރުވެސް އެކަން ރާއްޖޭގައި އިންތިޒާމުކުރީ މިނިސްޓްރީ އާއި، އިންޑިއާ ހައިކޮމިޝަން ގުޅިގެން ކަމަށެވެ.
ންޓަނޭޝަނަލް ޑޭ އޮފް ޔޯގާ ފާހަގަނުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަދި ދައުލަތުގެ އެއްވެސް އިދާރާއަކުން މި މިނިސްޓްރީއަށް އަންގާފައެއް ނުވެއެވެ،
މީގެ އިތުރަށް މިނިސްޓްރީން ވަނީ ކަނޑައެޅިގެން އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ ކަންކަމާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފުވާނެ އެއްވެސް ކަމެއް މި މިނިސްޓްރީގެ ފަރާތުން ނުހިންގާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި ބުނީ ބައެއް މައްސަލަތަކަކީ އިލްމުވެރިންގެ މެދުގައި ހިލާފު އުފެދިފައިވާ ކަންތައްތަކެއް ކަމުން ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން މި ފަދަ މައްސަލަތަކާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުން ސާފުކޮށް ރައުޔު ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑޫގައި ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް ބަޔަކު ވަދެ އިންޒާރު ދީ ތަކެއްޗަށް ގެއްލުންދީފައިވާއިރު އެ މައްސަލާގައި މިހާތަނަށް 11 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!