ވޯލްޑް ބޭންކްގެ އޮފީހެއް ރާއްޖޭގައި ހުޅުވަން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވޮޝިންޓަން ޑީސީގައި ކުރިއަށްދިޔަ ވޯލްޑް ބޭންކް އަހަރީ ޖަލްސާގައި ރާއްޖޭގައި އޮފިސް ހުޅުވުމާއި ގުޅޭގޮތުން މި އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

Ad
rt

މި މަހުގެ 18 އިން 20 އަށް ކުރިއަށްދިޔަ ވޯލްޑް ބޭންކް އަހަރީ ޖަލްސާގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި ވޯލްޑް ބޭންކްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ސައުތު އޭޝިއާ ރީޖަންގެ ނައިބު ރައީސް ހާޓްވިގް ޝެފާ އެވެ.

ވޯލްޑް ބޭންކްގެ އަހަރީ ޖަލްސާގައި މިނިސްޓަރު އަމީރު ބައިވެރިވީ އެ ބޭންކްގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައިވާ ގަވަރުނަރުގެ ހައިސިއްޔަތުން އަމީރު ވަނީ ސައުތު އޭޝިޔާގެ ކަނޑުތަކުން ޕްލާސްޓިކް މަދު ކުރުމާ ގުޅޭ ގޮތުން ވާހަކަދައްކަވާފަ އެވެ.

ވޯލްޑް ބޭންކްގެ އޮފީސް ހުޅުވުމާ އެކު އެ ބޭންކްގެ މަސައްކަތްތައް ރާއްޖޭގައި ކުރެވޭނެ އެވެ.