ގެއެއްގެ ރުކުން ވަގަށް ކާށި އެޅި މީހަކު 7،200ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ގދ. ފަރެސްމާތޮޑާ، ފަރެސް އަވަށު، ނިރު އިބްރާހިމް ފުޒޫލްގެ މައްޗަށް އެ ހުކުމް 2020 ވަނަ އަހަރުގެ ފަހުކޮޅު އެރަށު ގެއެއްގެ ދެ ރުކަކުން ވަގަށް ކާށި އެޅުމުންނެވެ. ވަގަށް އެޅި ކާށީގެ އަދަދެއް ނޭނގެ އެވެ.

Ad
rt

އެހެން މީހެއްގެ މުދަލަށް ހުއްދަނޫން ގޮތުގައި ބާރު ހިންގިކަމުގެ ދައުވާއަށް އޭނާ ކޯޓުގައި އެއްބަސްވި އެވެ.

އެ ކުށުގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުމެވެ. ކުށަށް އެއްބަސްވުމުން އަދަބުގެ ދަރަޖަ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމަކަށް ދަށްވި އެވެ.

އެ އަދަބު ޖޫރިމަނާއަކަށް ބަދަލުކުރުމުން ޖެހެނީ 7،200ރ. އެވެ. އެހެންވެ، އެ ފައިސާ އަށް މަސް ތެރޭގައި މީރާއަށް ދައްކަން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައިވަނީ އަންގައިފަ އެވެ.