މޫސުން ގޯސްވެ ހއ އަތޮޅުން ފެށިގެން ބ އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވަނީ މިއަދު މެންދުރު 12:30 އިން ފެށިގެން ހަވީރު 16:30 އާއި ހަމައަށް ހއ އަތޮޅުން ފެށިގެން ބ އަތޮޅާއި ހަމައަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މިސަރަހައްދަށް ވައިޓް އެލާޓް ނެރޭކަމަށެވެ.
އިރުދެކުނާއި ދެކުނުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި ވިލާ ގަނޑުގައި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވާނެ ކަމަށްވެސް މޫސުމާއި ބެހޭ އިދާރާއިން ހާމަކުރެއެވެ.
ކުރިޔަށް އޮތް 24 ގަޑިރުވެސް ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާކުރާއިރު ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކުރެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެން ވާ ކަމެއްކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުކުރެއްވުމަށް މެޓް އޮފީހުން އެދިލައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!