ސިންގަޕޫރުގެ ބަޖެޓް އެއާލައިންއެއް ކަމަށްވާ ސްކޫޓުން ރާއްޖެ އަށް ކުރާ ދަތުރުތައް ހުއްޓާލައިފި އެވެ.
ސްކޫޓްގެ އެންމެ ފަހުގެ ފްލައިޓް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވައިރު މީގެ ކުރިން ހަފުތާ އަކު ހަތަރު ދަތުރު ސިންގަޕޫރާއި މާލެއާ ދެމެދު އެފަރާތުން ވަނީ ކޮށްފައެވެ.
ރާއްޖެ ހިމެނޭ ގޮތަށް ހަތަރު މަންޒިލަކަށް ކުރާ ދަތުރުތައް ހުއްޓާލަން އެފަރާތުން ނިންމީ ޑިމާންޑް ދަށްވުމާއި ބޯޓު ލިބުމުގައި ތާށިވެފައި ވާތީ ކަމަށް ސްކުޓުން މައުލޫމާތުދެއެވެ.
މި އެއާލައިން އަކީ ސިންގަޕޯ އެއާލައިންސް އިން އޮޕަރޭޓްކުރާ ބަޖެޓް އެއާލައިނެއްކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!