މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބަސް ޑްރައިވަރުން ހޯދަން އިއުލާންކޮށްފިއެވެ.

އެ ކުންފުނިން މިއަދުކުރި އިއުލާނެއްގައި ވަނީ 35 ބަސް ޑްރައިވަރުން ހޯދާ ކަމަށް ބުނެފައެވެ. މި މަގާމަށް މުވައްޒަފުން ހޯދަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓަށެވެ. މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު މުއްދަތު އިތުރު ކުރާނެއެވެ.

Ad
rt

އެމްޓީސީސީގެ ބަސް ޑްރައިވަރެއްގެ މުސާރައަކީ 14،000ރ. އެވެ. މީގެ އިތުރުން އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ އާއި ސްޓާފް މެޑިކަލް އިންޝުއަރެންސާއި ޕެންޝަން ސްކީމް ލިބޭނެއެވެ.

ބަސް ޑްރައިވަރުގެ މަގާމަށް ކުރިމަތިލެވޭނީ ލައިސެންސް ކެޓަގަރީ (B0) ލިބިފައިވާ ފަރާތްތަކަށް ކަމަށް އެމްޓީސީސީން ބުންޏެވެ.

އެ ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން ކުރިމަތިލާން ޖެހޭނެއެވެ.