ހުޅުމާލެ ފޭސް ދޭއްގެ ޑިންގީ ޖެޓީ ސަރަހައްދުގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ބިދޭސީ އެއް މަރުވެއްޖެ އެވެ.

މިކަން ކަށަވަރުކޮށްދެމުން ފުލުހުން ބުނީ މިހާދިސާގައި އެކަކު މަރުވެފައިވާއިރު އިތުރު އެހެން ބިދޭސީއަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

Ad
rt

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސީރިއަސް ޒަހަމްތަކެއް ލިބި އޭނާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގަ އެވެ.

ފުލުހުން ބުނީ މިހާދިސާ ހިނގީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ޑިންގީ ޖެޓީ ސަރަހައްދުގައި ކޮންޓެއިނަރަކުން މާބްލް ޝީޓުތަކެއް ހުސްކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި އެކޮންޓެއިނަތުގެ ތެރޭގައި ބިދޭސީންތަކެއް ތާށިވެފައިވާ ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓް ފުލުހަށް ލިބުނީ 3:30 އެހާކަންހާއިރު ކަމަށްވެސް ބުންޏެވެ. މި ހާދިސާ ހިނގި ގޮތް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮންޓެއިނާއަކުން މާބުލް ޝީޓްތަކެއް ހުސްކުރަން އުޅުމުގެ ތެރޭގައި ދެ މީހަކު ތާށިވެފައިވާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތަކެއް ވަނީ އާންމުވެފައެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި ތާށިވީ ދެ މީހުން ސަލާމަތް ކުރަން ގިނަ އިރުތަކެއް ހޭދަވިއެވެ. އަދި އެކަކު ނެގިއިރުވެސް ވަނީ މަރުވެފައެވެ. އެ މީހުން އެމްބިއުލާންސްއަށް ލައިގެން ހޮސްޕިޓަލަށް ގެންދާ މަންޒަރުވެސް ފެނެއެވެ.