‏ރިސޯޓެއްގެ މޫދު ކައިރިން މަރުވެފައި އޮތް ފަތުރުވެރިޔަކު ފެނިއްޖެއެވެ.

މިކަން ހާމަކޮށް ފުލުހުން ވިދާޅުވީ ޅ. އަތޮޅު ރިސޯޓެއްގެ މޫދު ކައިރިއަށް ވެއްޓިފައި އޮއްވައި ފެނުނު ފަތުރުވެރިޔަކު ޅ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

Ad
rt

އެހެން ނަމަވެސް އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ޙަވާލާދީ ފުލުހުން ވިދާޅުވިއެވެ.

މިކަން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހަވީރު ހަތަރު ގަޑި ސާޅީސް ހާއިރުއެވެ.

މި ޙާދިސާގައި މަރުވެފައިވަނީ ޗައިނާއަށް ނިސްބަތްވާ ޢުމުރުން 32 އަހަރުގެ ޒުވާން އަންހެނެކެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ.