ރިތި ރަސޫލާ އަށް އިހާނެތި ބަސްތައް ރައްދުކޮށް އިންޑިއާގެ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާ ދެއްކި ވާހަކަތަކަކީ، މުޅި އިސްލާމީ އުންމަތާދެކޮޅަށް ބުނި ބަސްތަކެއް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަން ވާހަކަ ދެއްކުމާއި ގުޅިގެން އަދާލަތު ޕާޓީގެ ޢިލްމް ވެރިންގެ މަޖިލީހުން ރޭ ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ.
އެ ބައްދަލުވުމަށްފަހު އެ ޕާޓީން އާންމު ކުރި ނޫސްބަޔާނެއްގައި ބުނީ، މުޅި އިންސާނިއްޔަތަށް ރަހުމަތެއް ކަމުގައި މާތް ﷲ ފޮނުއްވެވި މަތިވެރި ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމްގެ ކައިވެނިފުޅުތަކާ ގުޅޭ ގޮތުން ކަނޑައެޅިގެން ހަގީގަތާ ހިލާފަށް ދޮގު ވާހަކަ ދައްކައި އެކަލޭގެފާނުގެ ޝަހުސިއްޔަތަށް ބަދުބަސް ބުނެ ތައުހީނުކޮށް، އަވަށްޓެރި އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ އިސްތަރުޖަމާނު ފާޅުގައި ބުނެފައިވާ ބަސްތަކަކީ މުޅި އިސްލާމީ އުންމަތާ ދެކޮޅަށް ބުނެފައިވާ ބަސްތަކެއް ކަމަށް، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ދެކޭކަމަށެވެ.
އެ ޕާޓީން ބުނީ، އެތައް މިލިއަން މުސްލިމުންނާއި ޣައިރު މުސްލިމުންގެ ލޯބި ހޯއްދަވާފައިވާ ކީރިތި ރަސޫލާގެ ޝަހުސިއްޔަތަށް ބަދުބަސް ބުނުމަކީ އެއްވެސް މުސްލިމަކު ތަހައްމަލު ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ބީޖޭބީގެ އިސް ތަރުޖަމާނު ފަދަ މީހުން ކިތަންމެ ނުރުހުނަސް ކީިރިތި ރަސޫލާގެ ތާހިރު ސިޔަރަތާއި އެކަލޭގެފާނުގެ ޝަހުސިއްޔަތުން ނަމޫނާ ލިބިގަންނަ އައިރު މުސްލިމުން ވެސް އަންނަނީ އިތުރުވަމުން ކަމަށް އަދާލަތު ޕާޓީން ބުންޏެވެ.
އެކަލޭގެފާނުގެ ޝަހުސިއްޔަތުގެ ދިފާއުގައި ތެދުވާނެ އެތައް މިލިއަން މުސްލިމުން އިންޑިއާ އާއި ދުނިޔޭގެ ކަންކޮޅުތަކުގައި ތިބިކަން ވެސް އެފަދަ ފަރާތްތަކަށް ހަނދާން ކޮށްދޭ ކަމަށާއި، ބީޖޭޕީގެ އިސްތަރުޖަމާނުގެ އެ އަމަލު ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އަދާލަތުގެ އިތުރުން ޖުމްހޫރީ ޕާޓީއާއި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަދި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވެސް ވަނީ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާ ދެއްކި ވާހަކަތައް ކުށްވެރިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!