ޔެެފާ ނޭޝަނަލް ލީގް ގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ޕޯޗްގަލް މޮޅުވެއްޖެއެވެ. ސްވިޒިލެންޑާ ބައްދަލުކޮޑް ޕޯޗްގަލް މެޗް ކާމިޔާބް ކުރީ 4-0 ގެ ނަތީޖާއިންނެވެ.
މެޗްގެ ފުރަތަަމަ ގޯލް ކާމިޔާބް ކޮށްދިނީ މެޗްގެ 15 ވަނަ މިނެޓްގައި 30 އަހަރުގެ މިޑްފީލްޑަރ ވިލިއަމް ކަވާޅިއޯ އެވެ. ޑިއެގޯ ޖޮޓާގެ އެހީތެރިކަމާއެކު ދެވަނަ ގޯލް ކާމިޔާބް ކޮށްދިނީ 35 ވަނަ މިނެޓްގައި ޕޯޗްގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭގެ 4 މިނެޓް ފަހުން ރޮނާލްޑޯ ވަނީ ދެވަނަ ގޯލެއް ޖަހާ ޕޯޗްގަލްއަށް 3 ގޯލްގެ ލީޑެއް ހޯދައިދިނެވެ.
މެޗްގެ ފަހު ގޯލް 68 ވަނަ މިނެޓްގައި ބާނާޑޯ ސިލްވާ ގެ އެހީތެރިކަމާއެކު ކާމިޔާބް ކޮށްދިނީ ކޮންސެލޯ އެވެ. ދާދި ހަމަ ހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި ގޯލާ އަމާޒް ކޮށް ޕޯޗްގަލް އިން 6 ހަމަލާއެއް ފޮނުވާލިއިރު ސްވިޒްލެންޑަށް ފޯލާ އަމާޒް ކޮށްލެވުނީ އެއްމެ ބޯޅައެކެވެ.
މި ގްރޫޕް ގައި ކުޅުނު ދެވަނަ މެޗް ގައި ވައްދަލު ކުރީ ޗެކްރިޕަބްލިކް އަދި ސްޕެއިން އެވެ. މެޗް ނިމުނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މެޗްގެ ފުރަތަަމަ ގޯލްޖަހާ ލީޑް ނެގީ ޗެކްރިޕަބްލިކް އިންނެވެ. މެޗްގެ 4 މިނެޓްގައި މި ގޯލް ކާމިޔާބް ކޮށްދިނީ ޖަންކިޓާ ގެ އެހީތެރިކަމާއެކު ޔަކޫބް ޕެސެކް އެވެ. ސްޕެއިން އިން މެޗްގެ ނަތީޖާ ހަމަ ހަމަ ކުރީ 48 ވަނަ މިނެޓްގައެވެ. މި ރޮޑްރީގެ އެހީތެރިކަމާއެކު ގަވީ ކާމިޔާބް ކޮށްދިން ގޯލެކެވެ. ކާނީ ގެ އެހީތެރިކަމާއެކު ޖަންކިޓާގެ ގޯލުން 66 ވަނަ މިނެޓްގައި ޗެކްރިޕަބްލިކް އިން ދެވަނަ ފަހަރަށް މެޗްގެ ލީޑް ނެގިއެވެ. އެލެންސޯގެ އެހީތެރިކަމާއެކު ސްޕެއިންގެ ދެވަނަ ގޯލް ޖަހައިދިނީ އިނިގޯ މާޓިނޭޒް އެވެ. މީ މެޗްގެ 90 ވަނަ މިނެޓްގައި ކާމިޔާބް ކޮށްދިން ގޯލެކެވެ. މުޅި މެޗްގެ 73 ޕަސަންޓް ބޯޅަ ހިފައްޓައިގެން ކުޅެފައިވަނީ ސްޕެއިން އެވެ.
އާދިއްތަ ދުވަހުގެރޭ ކުޅުނު އެހެން މެޗްތަކުގެ ނަތީޖާތައް
- ސަންމަރީނޯ - 0 މަލްޓާ -2
- ސައިޕްރަސް -0 ނޮދާންއައިލަންޑް -0
- ޖިބްރުލްޓާ -0 ނޯތު މެސަޑޯނިއާ -2
- ސާބިއާ- 4 ސޮލޮވޭނިއާ- 1
- ސްވިޑެން- 1 ނޯވޭ -2
- ކޮސޯވޯ- 0 ގްރީސް- 1
- ބަލްގޭރިއާ- 2 ޖޯޖިއާ- 5
މި މުބާރާތުގައި މިރޭވެސް 7 މެޗެއް ކުޅޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!