މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ވިލިމާލެ ދާއިރާއަށް އަލަށް އިންތިޚާބުވި މެމްބަރު ފާތިމަތު ނާޒިމާ އިޤުރާރުގައި ސޮއިކޮށްފިއެވެ.

އިޤުރާރުގައި ސޮއިކޮށްފައިވަނީ މިއަދު މާލެ ސިޓީ ކައުންސިލްގައި ކުރިއަށްގެންދިޔަ ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

Ad
rt

ފާތިމަތު ނާޒިމާ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމަށް ހޮވިފައިވަނީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައެވެ.

މާލެ ސިޓީ އަންހެނުންގެ ކޮމިޓީގެ ވިލިމާލެ ދާއިރާއަށް މެމްބަރަކު ހޮވުމަށް އިންތިޚާބު ބާއްވާފައިވަނީ މިމަހުގެ 14ވަނަ ދުވަހުއެވެ.

އިންތިޚާބު ކާމިޔާބުކުރެއްވި ނާޒިމާއަށް ލިބިފައިވަނީ 359 ވޯޓެވެ. އަދި ވާދަކުރި އެމްއެންޕީގެ ކެނޑިޑޭޓް އައިޝަތު ޝީޒާއަށް 358 ވޯޓު ލިބުނެވެ.

އެ ދާއިރާއަށް ފާތިމަތް ނާޒިމާ އިންތިޚާބުކޮށްފައި މިވަނީ މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގައި އެދާއިރާ ތަމްސީލުކުރެއްވި އައިމިނަތު އީމާން ނިޔާވުމާއި ގުޅިގެންނެވެ.