އުރީދޫގެ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާ މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތް ދޭން ޓްރަޔަލް ފަށައިފިއެވެ.
އުރީދޫ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، ގައުމީ ޕޭމަންޓް ސިސްޓަމުގެ ދަށުން މި އަހަރުގެ ޖެނުއަރީ މަހު އެމްއެމްއޭ އިން ވަނީ އުރީދު އަށް އިންޓަނޭޝަނަލް ރެމިޓެންސް ލައިސަންސް ދީފައި ކަމަށެވެ. މިއީ ބޭރުގެ ގައުމުތަކާއެކު ފައިސާގެ މުއާމަލާތުތައް ކުރުމަށް ދޭ ހުއްދައެކެވެ.
ނިޔާޒު ވިދާޅުވީ، އެ ހިދުމަތަށް ބޭނުންވާ ޓެސްޓުތައް މިހާރު ނިމިފައި ވާތީ ހިދުމަތުގެ އަޖުމަ ބަލަން ފަށާފައިވާ ކަމަށެވެ. މި ޓްރަޔަލްތައް ފެށީ އެމްއެމްއޭ އާ ގުޅިގެން މަދު ކަސްޓަަމަރުންތަކަކާއެކު ކަމަށާއި ހަފްތާއަކަށް ޓްރަޔަލް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމް ފައިސާ މެދުވެރިކޮށް އެހެން ގައުމުތަކާ މުއާމަލާތު ކުރާއިރު، ފޮނުވާ ފައިސާ އެ ގައުމެއްގެ ފައިސާ އިން ބޭނުންކުރެވޭ ގޮތަށް ބަދަލު ކުރެވޭނެއެވެ.
މި ހިދުމަތް ރަސްމީކޮށް އިފްތިތާހުކުރެވުމުން އެމް-ފައިސާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބައިނަލްއަގުވާމީ މަނީ ޓްރާންސްފާގެ ހިދުމަތް ފޯރުކޮށްދެވިގެން ދިޔުމަކީ މޮބައިލް މަނީ ދާއިރާއިން ހާސިލުކުރެވޭ މުހިންމު ލަނޑުދަނޑިއެއް ކަމަށް އުރީދޫ އިން ފާހަގަ ކުރިއެވެ. އެގޮތުން މި ހިދުމަތާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އާއިލާ އާއި ރައްޓެހިންނަށް ކޮންމެތާކުން، ކޮންމެވަގުތަކުވެސް ފަސޭހަކަމާއެކު ފައިސާ ފޮނުވާލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށް އަޅުގަނޑުމެން މިކުރާ ދަތުރުގައި މި އަދަކީ މުހިންމު މޭލުގަލައް ހާސިލްކުރުމަށް ނެގޭ ވަރަށް ބޮޑު ފިޔަވަޅެއް. އަޅުގަނޑުމެންގެ އަމާޒަކީ ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް ކަސްޓަމަރުންގެ މުއާމަލާތްތަކާއި ފުރުސަތުތައް ފަހި ކޮށްދިނުން. އެމް-ފައިސާ މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފަރ ރަސްމީކޮށް އިފްތިތާހު ކުރުމާއެކު ފަސޭހަކަމާއި އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް މާލީ ފުރުސަތުތައް ފުޅާވެ، ކޮންމެތާކު އަދި ކޮންމެ ވަގުތަކުވެސް ބޭރު ގައުމުތަކުގައި ދިރިއުޅުއްވައި އާއިލާ އާއި ރައްޓެހިންނަށް ފައިސާ ޓްރާންސްފަރ ކުރުމުގެ ފަސޭހަކަން ލިބިގެންދާނެ."
ނިޔާޒު ވިދާޅުވިއެވެ.
އެމް-ފައިސާ މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާ ހިދުމަތް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް އެމް-ފައިސާ ވޮލެޓަށް ރެޖިސްޓަ ކޮށްލުމުން ބޭނުން ކުރެވޭނެއެވެ.
Today we have officially begun the trial run of International Money Transfer via #mFaisaa. a stepping stone to achieving an important milestone by providing the international money transfer service to its m-Faisaa customers, expanding the boundaries of mobile money. pic.twitter.com/USLNHJC23R
— Ooredoo Maldives (@OoredooMaldives) May 31, 2022
މި ޕްރޮޖެކްޓާއެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކާއި ވިޔަފާރިތަކަށް ޑިޖިޓަލް މާލީ ހިދުމަތްތައް އިތުރަށް ފަހިކޮށްް، އީޖާދީ ޕޭމަންޓް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އުރީދޫ އިން ވަނީ އަރުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!