100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާ އެކު، އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް މ. ދިއްގަރަށް ތައާރަފް ކޮށްފިއެވެ.

މިއަދު ތައާރަފު ކުރި މި ހިދުމަތާއެކު އެ ރަށުގެ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތަައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާ ގުޅުވާލަދީފައިވާ ކަމަށް އުރީދޫ އިން ބުންޏެވެ.

Ad
rt

“ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވާ ހިދުމަތް އެކުލެވޭ ސުޕްނެޓް ޕެކޭޖްތަަައް އެ ރަށަށް ތައާރަފްކޮށްފައި ވާއިރު، ހޯޑެއްދޫ ރައްޔިތުންނަށް މި ހިދުމަތް ފޯރުކޮށް ދިނުމަކީ ލިބޭ އުފަލެއް” އުރީދޫގެ ޗީފް ކޯމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ އުރީދޫގެ ތަސައްވުރަކީ މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް އެ ކުންފުނީގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށާއި ދިއްގަރުގައި ތައާރަފު ކުރި ހިދުމަތަކީ އޭގެ ދަށުން ދޭން ފެށި ހިދުމަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށް ދިނުމަށް އުރީދޫން ވަނީ ދާދި ފަހުން ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑް ކޮށްފައެވެ. މި ބަދަލާއެކު ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 100 އިންސައްތައާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށް ވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ލިބެއެވެ.

މީގެ އިތުރުން ސުޕަނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު މަސް ނިމޭ އިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖަށް އިތުރުވާ ގޮތް ވަނީ ހަދައިފައެވެ.

ސުޕަނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު، http://ore.do/getsupernet އަށް ޒިޔާރަތްކޮށްގެން ލިބޭނެއެވެ.