ރުއްތަކަށް ޖެހޭ ބަލިތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުމާއި، ޚާއްޞަކޮށް ހިސްޕިޑް ބީޓްލް ކޮންޓްރޯލުކުރާނެ ގޮތްތަކަށް އަތޮޅުތެރޭ ރަށް ތަކުގެމީހުން އަހުލުވެރިކުރުމުގެ ޕްރޮގުރާމެއް ހިންގައިފިއެވެ.
މިއީ 1999 ވަނަ އަހަރު ރާއްޖެއަށް ތަޢާރަފުވި ކޮކޮނަޓް ހިސްޕިޑް ބީޓްލް، ރާއްޖޭގެ ގިން ރަށްތަކެއްގެ ރުއްތަކަށް ފެތުރެމުން ދާތި މި މައްސަލަ އިތުރަށް ދިރާސާކޮށް ދެމެހެއްޓެނިވި ގޮތެއްގައި މިމަޑި ކޮންޓްރޯލުކުރުމަށްޓަކައި، ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކެޓަސް) އާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާ ގުޅިގެން އޮކްޓޫބަރު 14-20 ގެ ނިޔަލަށް ކުރިޔަށް ގެންދިޔަ ޕްރޮގުރާމެކެވެ.
މިޕްރޮގުރާމުގެ ތެރެއިން ރާއްޖޭގެ ހަތަރު ސަރަޙައްދެއްގައި ހުރި ރުއްތަކުގެ ހާލަތުބަލައި، ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލުކުރުމަށް ކުރެވެމުންދާ މަސައްކަތްތައްވަނީ ދިރާސާކޮށްފައެވެ. އެގޮތުން ތިލަދުންމައްޗާއި، މާޅޮސްމަޑުލު ދެކުނުބުރިއާއި، ހައްދުންމަތީގެ 9 ރަށެއްގެ ރުއްތައް ބަލައިފާސްކޮށް، ލިބިފައިވާ ގެއްލުން ދިރާސާކޮށް މިމަޑި ކޮންޓްރޯލުކުރާނެ ގޮތްތަކާއި، ރާއްޖޭގެ އެހެން ރަށްތަކަށް މިމަޑި ފެތުރުނަނުދިނުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވަނީ މައުލޫމާތު ދިފައެވެ.
މީގެ އިތުރުން މިނިސްޓްރީން ވަނީ އަމިއްލަފުށި ރިސޯޓަށް ޒިޔާރަތްކޮށް ހިސްޕިޑް ބީޓްލް ފެތުރިފައިވާ މިންވަރު ދިރާސާކޮށްފައެވެ. މިދަތުރުގައި ދިރާސާ ކުރެވުނު ހުރިހާ ރަށެއްގެ ތެރެއިން ހިސްޕިޑް ބީޓްލް އެންމެ ބޮޑަށް ފެތުރިފައިވަނީ އަމިއްލަފުށީގައިކަންވަނީ ފާހަގަކުރެވިފައި ވުމުން، އަމިއްލަފުށީގައި މިމަޑި ފެތުރުން ކޮންޓްރޯލްކުރުމަށް ކެޓަސްގެ އެހީގައި ޕެސްޓިސޮއިޑްސް ތަޢާރަފްކޮށް، ޕެސްޓިސޮއިޑްސްއާއި ބެހޭ މަޢުލޫމާތު ވާނީ އަމިއްލަފުށީގެ ކަމާއިބެހޭ ފަރާތްތަކަށް ވަނީ ފޯރުކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!