މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ރާއްޖެ އިން ސިންގަޕޫރާއި މެލޭޝިއާއާ ދެމެދު ސީދާ ކާގޯ ދަތުރުތައް ފަށަން ނިންމައިފިއެވެ.
އެމްއެސްއެސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން މި ދަތުރުތައް ފަށަނީ އަލަށް ގެންނަ ކޮންޓެއިނާ ބޯޓު، "ގްރެފީން" މެދުވެރިކޮށް ކަމަށެވެ. އެ ބޯޓު މިހާރު އޮތީ ޔޫއޭއީގައެވެ. އެގައުމުން މުދާ ބަރުކޮށްގެން މި މަސްތެރޭގައި ބޯޓު ރާއްޖެ އަންނާނެއެވެ.
އެމްއެސްއެސް އިން ބުނީ އެ ބޯޓުން ސިންގަޕޫރަށާއި މެލޭޝިއާއަށް ކުރާ ކާގޯ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ތެރޭގައި ކަމަށެވެ.
މި ބޯޓަކީ 43,000 ޓަނުގެ ބަލްކު ކެރިއާއެކެވެ. އެ ބޯޓަކީ ސިންގަޕޫރުގެ ކޮސްކޯ ޝިޕިން ކުންފުނިން ގަނެގެން ގެންނަ ބޯޓެކެވެ.
މިއީ ރާއްޖޭގެ ޝިޕިން ތާރީހުގައި ގައުމީ ޝިޕިން ލައިނަކުން ގަނެގެން ގެންނަ އެންމެ ބޮޑު ބޯޓެވެ. އެ ބޯޓުގެ ކުރޫންގެ ގޮތުގައި 22 މީހުން މަސައްކަތް ކުރާއިރު, އޭގެ ތެރެއިން ހަތަރު މީހުން ފިޔަވައި ދެން ހިމެނެނީ ހުސް ދިވެހިން ކަމަށް އެމްއެސްއެސް އިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!