މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓް އެކުލަވާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އެ ޖަމިއްޔާގެ މެންބަރެއް ކަމަށްވާ އަޒްރާ ނަސީމް ހާޒިރުވާން އަންގައި ފުލުހުން އިއުލާނެއް ނެރެފި އެވެ.

ފުލުހުން އަޒްރާގެ ފޮޓޯއާއެކު އާންމުކޮށް އިއުލާން ކޮށފައިވަނީ އާއިލާއަށާއި ފުލުހުންނަށް އަޒްރާ އުޅޭ ތަނެއް އެނގިފައި ނުވާތީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

Ad
rt

އެމްޑީއެންއިން ނެރެފައިވާ ރިޕޯޓްގައި ރަސޫލާއަށް ފުރައްސާރަ ކޮށް ކީރިތި ގުރުއާނުގައިވާ ކަންކަމަށް ފަޅުގައި ދެކޮޅު ހަދާފައިވުމުން އެ ޖަމިއްޔާ އުވާލަން ގިނަ ބަޔަކު ގޮވާލަމުންދާއިރު، ޖަމިއްޔާ އުވާލުމުގެ މަސައްކަތް އަވަސް ކުރަން ރާއްޖޭގެ ދީނީ އިލްމުވެރިން ވެސް ވަނީ ގޮވާލާފަ އެވެ.މީގެ އިތުރުން ޔޫތް މިނިސްޓްރީއިން ވަނީ ޖަމިއްޔާ ސަސްޕެންޑްކޮށްފައެވެ.

މި މައްސަލާގައި ޝާމިލްވާ ފަރާތްތަކާމެދު އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ދެއްވާފައެވެ.މީގެެ އިތުރުން މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ވަކި ކޮޅަކަށް ނުޖެހި ތަހުގީގު ކުރައްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ.