ރާއްޖެއަށް ވައިގެ މަގުންނާއި ކަނޑުމަގުން މަސްތުވާތަކެތި އެތެރެކޮށްފައިވާ ގައުމުތައް ދައްކައިދޭ ޗާޓެއް ކަސްޓަމްސް އިން އާއްމުކޮށްފިއެވެ.
އެ އިދަރާއިން އާންމު ކޮށްފައިވާ ޗާޓްގައި ފަހަގަކޮށްފައިވާ ގައުމުތަކަކީ 2013 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމައަށް އަތުލައިގަތް މަސްތުވާތަކެތި އެތެރެ ކޮށްފައިވާ ގައުމުތަކަށް ކަމަށް އެފަރާތުގެ ޓުވީޓްގައި ވަނީ ބުނެފައެވެ.
އެގޮތުން ރާއްޖެއަށް އެންމެ ގިނައިން މަސްތުވާތަކެތި އެެތެރެކޮށްފައި ވަނީ ރާއްޖެ އެ ސަރަހައްދެއްގައި އޮންނަ އޭޝިއާ ގެ ގައުމުތަކުންނެވެ.އޭޝިއާގެ 10 ގައުމަކުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެެކޮށްފައިވާކަން ފާހަގަކުރެވެއެވެ.
އޭޝިއާގައުމުތަކުގެ އިތުރުން ރާއްޖެއަށް ޔޫރަޕުން 5 ގައުމަކުން ވެސް ވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމަށް މަސައްކަތް ކޮށްފައެވެ.
ދެކުނު އެެމެރިކާގެ ގައުމުތައް ކަމަށްވާ ބްރެޒިލް އާއި ޓްރިޑާޑް އެންޑް ޓޮބޭގޯއިން ވެސް ރާއްޖެ އަށް ޑްރަގް އެތެރެކޮށްފައިވާއިރު އެފްރިކާގެ ގައުމުތަކުން ވެސް ވަނީ މަސްތުވާތަކެތި އެތެރެކުރުމަށް މަސައްކަތް ކޮށްފައެވެ.
ފަަހަކަށް އައިސް މަސްތުވަތަކެތީގެ ނުރައްކާތެރި ވަބާގައި ޖެހެމުންދާ މީހުން ގިނަވެ މަސްތުވާ ތަކެތި އެތެރެ ކުރަން މަސައްކަތް ކުރަމުންދާ ގިނަ ބަޔަކު ވަނީ އަތުލައިގަނެފައެވެ.ހަމަ މިއާ އެކު ފުލުހުން ދަނީ މިކަމަ ގުޅޭ ގިނަ ތަހުގީގުތަކެއްވެސް ހިންގަމުން ކަންފާހަގަ ކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!