ގދ. ކާޑެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

އެކުންފުނިން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

Ad
rt

މިމަޝްރޫއުގެ ދަށުން، 170 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 890 އަކަ މީޓަރުގެ ސަރަހަދެއްގައި ހާބަ ޕޭވްމެންޓް ހެދުމުގެ މަސައްކަތް ކުރާނެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 9.52 މިލިޔަން ރުފިޔާއަށެވެ.

އެމްޓީސީސީން މި މަޝްރޫއު ފަށާފައިވާއިރު އެރަށުގެ ބަނދަރުގެ ބޭނުންކުރަމުން އައި ޖެޓީގެ ބޮޑު ބައެއް މި އަހަރު ކުރީ ކޮޅު ވަނީ ވެއްޓިފައެވެ. އޭގެ ސަބަބުން އެ ބަނދަރުން ހިދުމަތް ހޯދާ މީހުންނަށް ދަތިތަކާ ދިމާވެއެވެ.