އައިޖީއެމްއެޗްގައި ކުރިއަށްގެންދިޔަ ކާމިޔާބު އޮޕަރޭޝަނެއްގައި އުމުރުން ހަ އަހަރު ކުއްޖެއްގެ ފުއްޕާމެއިން ލެގޯ ކޮޅެއް ނަގައިފިއެވެ.

އައިޖީއެމްއެޗްއިން ބުނީ އައީ.ޖީ.އެމް.އެޗް ގެ ފުއްޕާމެއާއި ނޭވާލާ ނިޒާމް އާއި ބެހޭ ހާއްސަ ޑޮކްޓަރުން 6 އަހަރުގެ ތުއްތު ކުއްޖެއްގެ ފުއްޕާމެއިން ލެގޯ ކޮޅެއް ކާމިޔާބު ކަމާއި އެކީ ނަގައިފައިވާކަމަށެވެ.

Ad
rt

އެ ކުއްޖާގެ ފުއްޕާމެއަށް ލެގޯ ބުރިކް ކޮޅެއް ގޮސްގެން ހޮސްޕިޓަލަށް ގެނައީ އިއްޔެގެ ވަގުތެއްގައެވެ.

އޮޕަރޭޝަން ކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި މިހާރު އެ ކުއްޖާ އޮތީ އޮޕްރޭޝަނަށްފަހު އެޑްމިޓްކޮށްފައި ކަމަށާއި ކުއްޖާގެ ހާލު ދަނީ ރަނގަޅުވަމުން ކަމަށް މަޢުލޫމާތު ލިބެއެވެ.