ކަރަންޓުގެ އަގަށް ބަރޯސާވުން ކުޑަކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލް) ކޯއިން ލަގްޒަރީ ހައުސިން އާއި އިޝްތިހާރު ކުރުމުގެ ވިޔަފާރިއަށް ވަނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، ކަރަންޓުގެ އަގަށް ބަރޯސާވުން ކުޑަކުރެވޭނީ އެ ކުންފުނިން އެހެން ވިޔަފާރިތައް ކޮށްގެން ކަމަށެވެ. އެގޮތުން ރާއްޖޭގައި އެންމެ ފައިދާބޮޑު ވިޔަފާރިތަކުގެ ތެރޭގައި އިމާރަތް ކުރުން ހިމެނޭ ކަމަށާއި މިހާރު ބޭނުންވަނީ ސްޓެލްކޯގެ ފަރާތުން އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ހައުސިންގެ މަސައްކަތް ކުރިއަށްގެންދަން ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

އެގޮތަށް ޝަރީފް ވިދާޅުވީ ސްޓެލްކޯއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ ޓަވަރުގެ މަސައްކަތް މިހާރު ކުރިއަށްގެންދާތީއެވެ. މި ދެޓަވަރަކީ ހިޔާ މަޝްރޫއުގެ ދަށުން އެ ކުންފުޞިގެ މުވައްޒަފުންނަށް ހާއްސަ ކޮށްފައިވާ ދެ ޓަވަރެވެ.

މީގެ އިތުރުން ސްޓެލްކޯ ގޯތީގައި 14 ބުރީގެ އޮފީސް އިމާރަތެއް ހަދަމުން އަންނަ ކަމަށާއި އެއީ ޖާގައިގެ ދަތިކަން ދިމާވެފައިވާ ސަރުކާރުގެ އޮފީސްތަކަށް ކުލީގެ ގޮތުގައި އޮފީސް ސްޕޭސް ދޫކުރުމަށް ހަދަމުން އަންނަ އިމާރާތެއް ކަމަށެވެ.

ސްޓެލްކޯގެ ސާވިސް ސެންޓަރުގެ ހިދުމަތް ޓޫރިޒަމް ދާއިރާއަށް މާކެޓްކުރަމުން އަންނަ ކަމަށާއި އޭގެ ބޭނުމަކީ ރިޒޯޓުގަކުގައި ހުންނަ އިންޖީނުގެތަކުގެ ސާވިސް ސްޓެލްކޯއިން ކޮށް އެތަނުގެ މެއިންޓެނެންސް ބެލެހެއްޓުންކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ. އަދި ރިޒޯޓުތަކުން ސްޓެލްކޯ މެދުވެރިކޮށް ކަރަންޓުގެ ހިދުމަތް ބޭނުންވާނަމަ އެކަން ވެސް ސްޓެލްކޯއިން ކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ އިޝްތިހާރު ކުރުމުގެ ވިޔަފާރިއަށް ސްޓެލްކޯއިން ފުޅާ ދާއިރާއެއްގައި ވަންނާނެ ކަމަށެވެ. އަދި އެ ވިޔަފާރިއަށް ވަނުމުގެ މަސައްކަތުގެ ދަށުން، އިޝްތިހާރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަމިއްލަ ފަރާތްތަކުންނާއި އޭނުންވެސް ގޮތްގޮތުން ސްޓެލްކޯއަށް ލިބޭ އިޝްތިހާރުތައް ދައްކާނީ މާލޭގައި ހުންނަ ސްޓެލްކޯގެ ޓީވީތަކުން ކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ސްޓެލްކޯއިން އެ ހުރިހާ ވިޔަފާރިތަކެއް ކުރަން ފެށުމުން ކަރަންޓު ލިބޭ އާމްދަނީއަށް ބަރޯސާވުން ދެބައިކުޅަ އެއްބަޔަށް ކުޑަކުރެވޭނެ ކަމަށެވެ.